އައިއެސްއެސް ރާއްޖެ މަތިން ދަތުރުކުރަނީ--ފޮޓޯ: ނާސާ
ހަބަރު
11 Sep 2022 | 12:50
އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން މިރޭ މާލެ މަތިން ދަތުރުކުރާނެ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް) މިރޭ މާލެ މަތިން ދަތުރުކުރާނެއެވެ.

އައި.އެސް.އެސް މާލެއަށް ފެންނާނީ މިރޭ 18:47 ގައެވެ. އައި.އެސް.އެސް ލޮލަށް ފެންނާނީ 6 މިނެޓާއި 46 ސިކުންތަށެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން މާލެއަށް ފެންނާނީ ހުޅަނގު ދެކުނުންނެވެ. އެއީ އުތުރުން ފެށިގެން 215 ޑިގްރީއެވެ. އަދި ދަތުރުކުރާނީ އިރު އުތުރަށެވެ. އައި.އެސް.އެސް މާލެއަށް ފެންނާނީ 18:47 ގައެވެ. އަދި ގެއްލޭނީ 18:54 ގައެވެ. މާލެއާ ދިމާ މެދަށް ސްޓޭޝަން އަރާނީ 18:50ގައެވެ.

މާލެ ނޫން އެހެން ސަރަޙައްދުތަކަށްވެސް މިރޭ އައި.އެސް.އެސް ފެންނާނެއެވެ.

އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫއަށް ފެންނާނީ 18:46ގައެވެ. އަދި ގެއްލޭނީ 18:53ގައެވެ. ރާއްޖޭގެ އެންމެ އުތުރުން ތުރާކުނަށް އައި.އެސް.އެސް ފެންނާނީ 18:48ގައެވެ. އަދި ގެއްލޭނީ 18:55ގައެވެ.

އައި.އެސް.އެސް ދުނިޔެވަށާ ބުރެއް ޖަހަނީ 93 މިނެޓުންނެވެ. އެހެންކަމުން ކޮންމެ ދުވަހަކު ދުނިޔެވަށާ 15.5 ބުރު ޖަހައެވެ. އެވަގުތު ހުރި ތަނެއްގެ ސީދާ މަތިން އައި.އެސް.އެސް ދަތުރު ނުކުރި ނަމަވެސް ކައިރި ސަރަޙައްދުތަކުން ދަތުރުކުރާ ވަގުތުތަކުގައި ހަމަލޮލަށް ފެންނާނެއެވެ. އެންމެ ތިރިން ދަތުރުކުރާއިރު އައި.އެސް.އެސް ދަތުރުކުރަނީ ބިމަށްވުރެ 413 ކިލޯމީޓަރު އުހުގައެވެ.

އައި.އެސް.އެސް އަކީ ދުނިޔެ ވަށާ ދަތުރުކުރާ އެންމެ ބޮޑު ސެޓެލައިޓެވެ. ދިގުމިނުގައި 73 މީޓަރު އަދި ފުޅާމިނުގައި 109 މީޓަރު ހުންނަ މި ސްޕޭސް ސްޓޭޝަން އޮޕަރޭޓްކުރަނީ ދުނިޔޭގެ ފަސް ސްޕޭސް އޭޖެންސީއަކުންނެވެ.

އެއީ އެމެރިކާގެ ނާސާ، ރަޝިއާގެ ރޮސްކޮމޮސް، ޔޫރަޕްގެ އީ.އެސް.އޭ، ޖަޕާންގެ ޖާޒާ އަދި ކެނެޑާގެ ސީ.އެސް.އޭ އެވެ. އައި.އެސް.އެސް ޖައްވަށް ލޯންޗުކޮށްފައިވަނީ 1998ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ