ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Sep 2022 | 05:40
ގޭންގުތަކުން ސިޔާސީ ފަރާތްތަކަށާއި ދައުލަތުގެ އެކި ގުނަވަންތަކަށް ބާރުފޯރުވާ: ފުލުހުން

ގޭންގުތަކުން ސިޔާސީ ފަރާތްތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ އެކި ގުނަވަންތަކަށް ބާރު ފޯރުވަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ވާގޮތުން ގޭންގު ކުށްތަކުގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި 32 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެކުނަށް ނިސްބަތްވާ 6 މީހުން ހިމެނޭކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މިފަދަ މާރާމަރީތަކާ ގުޅިގެން މީހުން މެރުމުގައި ހިމެނޭ މީހުންގެ ތެރެއިން 185 މީހުންނަކީ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު މީގެ ތެރޭގައި 21 ކުޑަކުދިންވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 30 މީހަކާއި ފުވައްމުލަަކަށް ނިސްބަތްވާ 17 މީހަކާއި ގދ.އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 15 މީހަކާއި ގއ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 12 މީހަކާއި ލ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 15 މީހަކާއި ތ. ރަށްތަކަށް ނިސްބަތްވާ 4 މީހެކެވެ.

ހޯމް މިނިސްޓަރ ޢިމްރާން އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ބައިވެރިވެ ވަޑައިގެން ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޗީފް އިންސްޕެކްޓަރ އާރިފް ވިދާޅުވީ ދިވެހި ރާއްޖޭގައި ގޭންގުތަކުން ނުރައްކާތެރި އެތައް ޖަރީމާއެއް ހިންގަމުންދާއިރު އެ ގޭންގުތަކުން ސިޔާސީ ފަރާތްތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ އެކި ގުނަވަންތަކަށް ބާރު ފޯރުވަމުން ގެންދާ ކަމަށެވެ.

އަދި އެގޮތުން ޝަރުއީ އެކި މައްސަލަ ތަކަށް ނުފޫޒް ފޯރުވާފައިވާއިރު، އެ ގޭންގުތަކުގެ ބާރު ފޯރުވައިގެން ފިހާރަތަކާއި، އޮޑި ދޯނިފަހަރާއި، ބިން ވެސް ގަނެ، ގެސްޓް ހައުސް ހަދާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ