ގޭތެރޭގެ ހަމަނުޖެހުމެއްގެ ތެރެއިން ހިޔާ ފުލެޓު މަތިން ބޭރަށް އެއްޗެހި އުކުމުގެ ސަބަބުން ކާރަކަށް ގެއްލުން ވެފައި
ހަބަރު
13 Sep 2022 | 23:14
ހިޔާ ފުލެޓުން މަގުމައްޗަށް އެއްޗެހި އުކި މީހާ، އަނެއްކާވެސް ލިފްޓްގެ ލޮބީއަށް އެއްޗެހި އުކައިފި!

މިދިޔަ އާދީއްތަ ދުވަހު ހިޔާ ފްލެޓުގެ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓުން މަގުމައްޗަށް އެއްޗެހި އުކި އަންހެން މީހާ، އަނެއްކާވެސް، އެ ޓަވަރުގައި ހުރި ލިފްޓްގެ ލޮބީއަށް އެއްޗެހި ތަކެއް އުކައިފިއެވެ. 

މިރޭގެ ވަގުތެއްގައި އަނެއްކާވެސް އެ އަންހެން މީހާ ލިފްޓްގެ ލޮބީގެ ތެރެއަށް އެއްޗެހި އުކަމުންދިޔައިރު, އޭނާގެ ކުޑަދަރިފުޅު ރޯ އަޑުވެސް އިވޭ ކަމަށް މަންޒަރު ދުށް ފަރާތަކުން'ވޮއިސް' އަށް މައުލޫމާތު ދީފައިވެއެވެ. އަދި އޭނާގެ މި ޢަމަލުތައް މަންޒަރު ދުށް ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން މިވަގުތު އެ އަންހެންމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. 

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. 

މިދިޔަ އާދިއްތަ ދުވަހުވެސް އެ އަންހެން މީހާ ވަނީ ހިޔާ ފުލެޓުގެ އެ އެޕާޓްމަންޓް މަތިން އެކި އެއްޗެހި ތިރިއަށް އުކާފައެވެ. އޭގެ ތެރޭގައި ގޭގައި ގެންގުޅޭ ތަކެއްޗާއި އެނޫންވެސް އެކި ސާމާނު ހިމެނެއެވެ. އަދި އެ އެއްޗެހިތައް ޖެހިގެން ފުލެޓް ތިރީގައި ހުރި ބައެއް އުޅަނދު ތަކަށްވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. 

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ހިޔާ ފުލެޓް ހަތަރުވަނަ ޓަވަރު ކައިރީ ޕާކުކޮށްފައި ހުރި އުޅަނދު ތަކަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް 12:53 ހާއިރު އެ އިދާރާއަށް ލިބިފައިވާކަމަށެވެ. 

އަދި އެ މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އެހެން ނަމަވެސް ފުލުހުން އެ މައްސަލަ އާއި ގުޅިގެން ބެލި ކަމެއް މިހާތަނަށް ވެސް ހާމަކޮށްފައި ނުވާއިރު, އެގޭގައި ހުރި ކުޑަ ކުއްްޖާވެސް މިރެއާއި ޖެހެންދެންވެސް ޖެންޑާރ މިނިސްޓްރީ ގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެ އަންހެން މީހާ އެފަދައިން އެއްޗެހި އުކާ ވަކި ސަބަބެއް ސާފުވެފައި ނުވާއިރު، އެފަދަ މީހެއްގެ ބެލުމުގެ ދަށުގައި ކުޑަކުއްޖަކު ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ބުނެ މީގެ ކުރިންވެސް އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ކޮމެންޓް
ޕްރޭމްޗޯޕްރާ
ތިމީހާ އެއްޗެހިއުކަމުންގޮސް ކުއްޖާވެސް އެއްލާލަފާނެއްނު. ތިދެން އުނދަގޫބޮޑު އަންހެނެއްނު. ކަމާބެހޭފަރާތްތަކުން އަޅާނުލާތީއޭ ހިޔާގަ ޓީޗަރަކުނެރެގެން ގަންހިންގީ
14 Sep 2022
ޖާބެ
ޑީސަބިލީ ރިހިބިލިޓޭޝަން ސެންޓަރައް މީނަލާންވީ ނުނީ މަގުތައްކުނިކަހަން 3 މަސްދުވަހައް ހަވާލްކުރަންވީ ނޫނީ ޖަލުގަބާއްވާ އާއްމުރައްޔިތުންގެ ފުރާނަޔައްށާ މުދަލައް ގެއްލުން ދިނުމުގެ ދައޫވާ އުފުލާ ހުކުމް ތަންފީޒުކުރޭ
14 Sep 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.