އަލީ ހުސެއިން މަޖިލީހުގައި ބަހުސްކުރައްވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2022 | 13:29
ދަފްތަރުގައި ތިބި ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރެއް މަޖިލީހަކު ނެތް: އަލީ ހުސެއިން

މާލޭގެ ދަފްތަރުގައި ތިބި ރައްޔިތުން ތަމްސީލުކުރާނެ މެމްބަރެއް މަޖިލީހުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ގާސިމް އިބުރާހިމް ހުށައެޅުއްވި އިސްލާހަށް ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ މެމްބަރުން މަދު ކުރުމާއި، ވަކި އަދެއްގައި މެމްބަރުން ހިފެހެއްޓުމަކީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުކަމަށް ގާބޫލުފުޅުކުރައްވާކަމަށެވެ.

އެހެން ނަމަވެސް އެއަށްވުރެ ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަންކަން އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ އާބާދީގެ 16000އަށް ވުރެ ގިނަ މީހުން މަޖިލީހުގައި ތަމްސީލުނުވެ ތިބިކަން އަލ ހުސެއިން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާނެ މެމްބަރަކުވެސް މަޖިލީހުގައި ނެތްކަމަށެވެ.

"އިސްލާހުގެ ވާހަކަ ދައްކާއިރު ރެޕްރެސެންޓު ނުކުރެވޭ ބަޔަކު އެބަ ތިބި. ގާތްގަނޑަކަށް 16000 ދިވެހި ރައްޔިތުން އެބަތިބި. ދަފްތަރުގައި ތިބި މީހުން. އެމީހުންގެ ވާހަކަ ދައްކާލާނެ މެމްބަރަކު މި މަޖިލީހަކު ނެތޭ" 

މެމްބަރު އަލީ ހުސެއިން

އަލީ ހުސެއިންގެ ވާހަކައިގައި ވަނީ ސަރުކާރުން އިއުލާނުކުރި ގޯތި ދޫކުރުމުގެ މަޝްރޫއިންވެސް ދަފްތަރުގައި ޖެހުނު ފަރާތްތައް އެކަހެރިކޮށް ބާކީ ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އެ ކަމާއި ގުޅިގެން އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަހާ އެވާހަކަ އެމީހުންގެ ފަރާތުން މަޖިލީހުގައި ދައްކާލާނެ މެމްބަރަކު ނެތުމަކީ ހިތާމަކުރަން ޖެހޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން އެ ރައްޔިތުންނަށް ނުދެވި އޮތްކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބުގައި ވޯޓުލުމަށް އޮންނަ ހައްގުގެ ބޭނުން ހިފުމަށްވެސް ދަފްތަރުގެ މެމްބަރުންނަށް ކުރިމަތިލާންޖެހޭ ތަކުލީފުތަކަށް އަލީ ހުސެއިންގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އޭނާ ވިދާޅުވީ އިންތިޚާބުތަކާއި ދިމާވުމުން ދަފްތަރު އެކި އިދާރާތަކަށް ބައިކުރަމުންދާކަމަށެވެ. އެކަން ކުރަނީ ބައެއް މެމްބަރުން އިލެކްޝަން ކޮމިޝަންގެ ތެރެއަށް ނުފޫޒު ފޯރުވައިގެންކަމަށާއި، އެހެން ވުމުގެ ސަބަބުން، އެކި އިންތިޚާބުތަކުގައި ދަފްތަރުގެ ރައްޔިތުން ވޯޓުލާން ޖެހެނީ އެކި ދާއިރާތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން ދަފްތަރުގެ ރައްޔިތުންގެ ޝަކުވާތައް ހިފައިގެން ދާނެ މެމްބަރަކުވެސް އާޚިރުގައި ނުހުންނަކަން އަލީ ހުސެއިން ފާހަގަކުރެއްވިއެވެ.

"ކަން ވާ ގޮތަކީ ކޮންމެވެސް މެމްބަރަކު (މިހާރުވެސް މި މަޖިލީހުގައި އެބަ އިންނެވި) އިލެކްޝަން ކޮމިޝަނަށް ވަޑައިގެން ވިދާޅުވަނީ ދަފްތަރުގެ މިހިރަ މިހިރަ މީހުން މިތަނަށް، މިތިބަ މީހުން މިތަނަށް، އެހެން ލާފަ، އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ދަފްތަރު ބަހާލަނީ ބޭނުން ދިމާއަކަށް. އެމީހަކު ބޭނުންވާނެ އެމީހަކަށް ވޯޓ ދޭނެ މީހުން ދަފްތަރުގައި ތިބި މީހުން އެކި ތަންތަނަށް މި އަޅާލަނީ. ނަތީޖާއަކަށް ވަނީ އެކި ފަހަރު ދަފްތަރު މީހުން ވޯޓުލާން ޖެހެނީ އެކި ތަންތަނަށް"

ކެންދޫ މެމްބަރު އަލީ ހުސެއިން

އެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށްފަހު އަލީ ހުސެއިން ވިދާޅުވީ ދަފްތަރު ތަމްސީލުކުރުމަށް މަޖިލީހަށް ގޮނޑި އިތުރުކުރުމުގެ އިސްލާހު މިހާރު ހުށައަޅާފައި އޮތް އިސްލާހަށްވުރެ ބޭނުންތެރިކަމަށް އޭނާ ގަބޫލުކުރައްވާކަމަށެވެ. އަދި ދަފްތަރުގައި ތިބި ރައްޔިތުން މަޖިލީހުގައި ތަމްސީލުވާނެ ގޮތެއް ހޯދުމަކީ ކުރަން ޖެހޭކަމެއްކަމަށެވެ.

"މާ ރަނގަޅު އިސްލާހެއް ދެއްތޯ އެއީ ހަގީގަތުގައި ދަފްތަރަށް ޚާއްސަ ވަކި ގޮނޑިތަކެއް ހެދުން. 16000 ތިބިކަމަށް ވަންޏާ ޚާއްސަކޮށް ހަމަ ދަފްތަރު މެމްބަރުން ކިޔާފައި ތިން މެމްބަރުން ކީއްވެގެން ތޯ ނުތިބެން ވީ؟"

ކެންދޫ މެމްބަރު އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ހަމަހަމަކަން ގާއިމުކުރުމުގެ ވާހަކަ ދައްކާއިރު މި ކަންކަމަކީ ބަދަލުކުރަން ޖެހޭ ކަމެއްކަމަށެވެ. އިސްލާހުގެ ވާހަކަދައްކާއިރު، އެންމެ ފުރަތަމަ ދައްކަން ޖެހެނީ މިހެން ހުންނަ މައްސަލަތަކުގެ ވާހަކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް އުފެދުނުތާ ގިނަ އަހަރުތަކެއް ވެގެންދާއިރު، ސަރުކާރުގެ ގޮތްޕެއްގެ ގޮތުގައި މަޖިލިސް އޮތް އޮތުމަކީވެސް ކޮންމެހެން ބަދަލުވާން ޖެހޭ ކަމެއްކަމަށް އަލީ ހުސެއިންގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.