ނާޒިމް ސައްތާރާއި ބޭބެ ރައީސް ނަޝީދު
ހަބަރު
15 Sep 2022 | 19:56
އެއް ޖިންސުން ގުޅުން ހިންގި ނާޒިމް ސައްތާރު ތިން މަހަށް ގޭބަންދު ކުރުމަށް ހުކުމްކޮށްފި

ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގިރިއާއި އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ތިންމާހައި 26 ދުވަހަށް ގޭބަންދު ކުރުމަށް ހުކުމްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އާއި އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް ދެ ފަހަރު ކޯޓުން މުއްދަތު ޖެހުމަށްފަހު ފުލުހުން އޭނާ އޮގަސްޓް 11 ވަނަ ދުވަހު އޭނާާ ދޫކޮށްލާފައިވަނީ މައްސަލާގެ ތަހުގީގު ނިންމައި, ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމަށްފަހު އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ނާޒިމްގެ މައްޗަށް ދައުވާ އުފުލި އިރު އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ނާޒިމް އެ ކުށަށް އިއުތިރާފްވެ އެފަދަ ކުށެއް ދެން ތަކުރާރު ނުކުރާނެ ކަމަށް އޭނާ ބުނުމުން ކޯޓުން ވަނީ އޭނާގެ ހުކުމް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދީފައެވެ. އެއަށްފަހު އެ ހުކުމް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމަކަށް ބަދަލުކޮށްފައިވަނީ ނާޒިމްގެ ފަރާތުން އެކަމަށް އެދުމުންނެވެ. 

މި މައްސަލައިގައި ނާޒިމް އަދި ގިނަ އިތުރު ފިރިހެނުންނާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރިއަށްވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެށް އިއްވާފައެވެ.

މި މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުން އޭނާގެ ބޭބެ ރައީސް ނަޝީދު ވަނީ ސަރުކާރަށާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއީ ސިޔާސީ ބޭނުމެއްގައި ސަރުކާރުން ވަކި ބައެއްގެ މައްސަލަ އެކަނި ބެލުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
17 Sep 2026
ތ.ގުރައިދޫގައި ބިދޭސީއަކު މެރުމުގެ ކުށް ސާބިތުވެ، ބަބުލް މިއާއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ގުރައިދޫގައި 2020 ގައި ބަންގްލަދޭޝް ރައްޔިތެއް ތޫނު އެއްޗަކުން މެރި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.
17 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އެހެން ކަމުން މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ މިއަދު ވަނީ އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފަ އެވެ.
17 Sep 2026
މި ސަރުކާރުން އަންނަނީ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން
ކުރީ ސަރުކާރުން 2019 ގައި އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް މިއަދު ދައްކައި އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.