ކޮމިޝަނާ އޮފް ޕޮލިސް ހަމީދު- ފޮޓޯ: އަދަދު
16 Sep 2022 | 10:37
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު 10 އަށް!

މިދިޔަ ހުކުރު ދުވަހު މާލޭ މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރިން ތިން ފުލުހުކަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 10 މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ފުލުހުންނަށް ހަމަލާދިން މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން، ބުދަ ދުވަހުގެ ރޭ އިތުރު 6 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. 

އަދި އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެތަނުން، 18 އަހަރުގެ މީހާ އާއި، 19 އަހަރުގެ މީހާ އާއި އަދި 20 އަހަރުގެ ދެ މީހުންގެ އިތުރުން 21 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ދެން ހައްޔަރު ކުރެވުނު 20 އަހަރުގެ މީހާއަށް 30 ދުވަހު ބަންދުގެ މުއްދަތު ކޯޓުން ޖަހާފައިވާ ކަމަށްވެސް ވެސް ފުލުހުން މައުލޫމާތު ދެއެވެ. 

މިދިޔަ ހުކުރުދުވަހު ހެނދުނު ގާތްގަނޑަކަށް 11:52 ގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ހަމަލާދިނުމާއި ގުޅިގެން އެ ތިން މީހުންނަށްވަނޫ އޭޑީކޭ ހޮސްޕިޓަލުން ފަރުވާވެސް ދީފައެވެ.

އެ ފަރުވާ ދެމުންދާ ފުލުހުންގެ ގާތަށް ޒިޔާރަތް ކުރުމަށްފަހު ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ތިން ފުލުހުންނަށް ހަމަލާ ދީފައިވަނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށާއި، މި ހާދިސާ ހިނގާފައި ވަނީ އެ ފުލުހުން ޑިއުޓީގައި އުޅުނު ގަޑިއެއްގައި ނޫން ކަމަށެވެ.

ފުލުހުންނަށް ހަމަލާ ދިން މީހުން ހަމަލާ ދީފައިވަނީ ހަތިޔާރު ބޭނުން ކޮށްގެންކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހަތިޔާރެއްކަން އަދި އެކަމުގެ ތަފްސީލެއް ސީޕީ ދެއްވާފައި ނުވެއެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ، ޑްރަގް ޓްރެފިކިންގ އާއި ގޭންގްތައް ހުއްޓުވުމަށް މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށް، ފުޅާ ކުރަންޖެހޭ ކަމަށާ، މުޖުތަމައު އަމާން ތަނަކަށް ހަދައި، މުޖުތަމައު ގައި ދިރިއުޅެމުންދާ މީހުންގެ ފުރާނަތައް ސަލަމާތް ކުރުމުގެ މަސައްކަތަށް އެހީވުމަށް، ފުލުހުންނަށްވެސް އިތުރު އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ