ބޯ ހިމެނުން ފައްޓަވައި ދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Sep 2022 | 12:12
މާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި!

މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު މިމަހުގެ 27ގެ ނިއަލަށް އިތުރު ކޮށްފިއެވެ. 

ބޯހިމެނުމުގެ މުއްދަތު އެންމެ ފުރަތަމަ ކަނޑައަޅާފައި ވަނީ މި މަހުގެ 13އިން 14 އަށް އަދި 17 އިން ފެށިގެން ގޮސް 25ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން 13 އަދި 14 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ ގޭބިސީތަކާއި ވިޔަފާރިތަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް މަސައްކަތެވެ. 17 އިން ފެށިގެން 25 ކުރިއަށްދާނީ ގޭބިސީތަކުގައި ދިރިއުޅޭ މީހުންނާއި ދިރިއުޅުމުގެ ޙާލަތާއި ގުޅޭ މަޢުލޫމާތު ނެގުމުގެ މަސައްކަތެވެ.

މި މުއްދަތު މިމަހު 27 އަށް އިތުރު ކޮށްފައިވާކަން އިއުލާންކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޯހިމެނުމުގެ ލިސްޓިންގ ގެ މަސައްކަތް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފިޔަވާ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މާލެ އަދި ހުޅުމާލޭގެ ލިސްޓިންގ ނުނިމިހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިންގ މަސައްކަތް ކުރިއަށްދާނެ ކަމަށާ، ބޯހިމެނުމުގެ ތަފްސީލް މަޢުލޫމާތު ނެގުން މިމަހުގެ 27 ގެ ނިޔަލަށް މި ބްލޮކްތަކުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ، މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުގެ ސަބަބުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މިއާއެކު އެ ބަޔާނުގައި ބުނީ، ބޯހިމެނުމުގެ މަޢުލޫމާތު އެއްކުރާ ޓީމްތައް ހަރަކާތްތެރިވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 19:00 އަށް ކަމަށާއި އަދި ހުކުރު ދުވަހު ހެނދުނު 9:00 އިން 11:00 އަށް އަދި 14:30 އިން 19:00 އަށް ކަމަށެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ލިސްޓިންގ ނިމުމުން މީހުންގެ އަދި މަސައްކަތްހިންގާތަންތަނުގެ ތަފްސީލް މައުލޫމާތުނެގުމަށް ދެވަނަފަހަރަށް ޒިޔާރަތްކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި ބިދޭސީންގެ މަޢުލޫމާތު އެއްކުރެވެއެވެ. މިއީ ޤާނޫނު ނަންބަރު 2021/16 ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގޭ ތަފާސްހިސާބުގެ ހަރަކާތެކެވެ.

މިފަރާތްތަކަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުއްދަ ދެވިފައިވާ މީހެއްކަން އަންގައިދޭ ބިއުރޯގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ފާހެއް ދޫކުރެވިފައިވާނެއެވެ. ބޯހިމެނުމަށް މަޢުލޫމާތު ދިނުމުގެކުރިން މިފާސް އޮތްމީހެއްތޯ ޔަގީންކުރުމަށް އާންމު ރައްޔިތުންގެ ކިބައިން އެ އިދާރާއިން އެދީފައިވެއެވެ.  އަދި މިފަރާތަކީ ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތެއްކަން އިތުރަށް ޔަގީންކުރުމަށް ބޭނުންނަމަ mv.mpao.stag.census://https ލިންކް މެދުވެރިކޮށް އެނިއުމަރޭޓަރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮއްގެން ވެރިފައިކުރެވޭނެއެވެ. މީގެ އިތުރުން ބިއުރޯގެ ހޮޓްލައިން 1423 މެދުވެރިކޮށްވެސް އެނިއުމަރޭޓަރުންގެ ޞައްހަކަން ދެނެގަނެވިދާނެއެވެ.

ބޯހިމެނުމުގައި މަޢުލޫމާތުނެގޭނީ ހަވާލާދޭ ވަގުތު އެމީހަކު ނިދާ ދިރިއުޅުނު ތަނުންނެވެ. ލިސްޓިންގ ގައި ނެގޭ މައުލޫމާތުގެތެރޭގައި ތަނުގައި ހުރި ކޮޓަރީގެ އަދަދު، ގޭބިސީގެ އިސްމީހާ، މަސައްކަތްހިންގާ ތަނެއްނަމަ މުވައްޒަފުންގެ އަދަދު، ގުޅޭނެ ނަންބަރު ފަދަ މަޢުލޫމާތު ހިމެނެއެވެ. މީހަކާ ދިމާނުވާނަމަ ޓީމްތަކުން އެކިފަހަރުމަތިން ބަލާ ދިމާނުވާތަންތަނަށް، އެޓީމާއި ގުޅޭނެ ނަންބަރު އެނގޭހެން ފްލަޔަރ އެއްލެވޭނެއެވެ. ޓީމާއި ނުގުޅިއްޖެނަމަ ބިއުރޯގެ ހޮޓްލައިން 1423 މެދުވެރިކޮށް މަޢުލޫމާތު އެއްކުރެވޭނެއެވެ.

ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.