ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން
ހަބަރު
16 Sep 2022 | 19:30
ލާދީނީ ފިކުރު ފެތުރުން އެންމެ ފަހުން ހުކުރު ޚުތުބާ އަށްވެސް!: ޝެއިޚް ނިޝާން

މިއަދުގެ ހުކުރު ޚުޠުބާގައި ރައްޔިތުންނަށް އޮޅޭގޮތަށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޚިލާފު, ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާއަށް ފާޅުގައި ގޮވާލައްވާފައިވާކަން ފާހަގަކުރައްވައި ޝެއިޚް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، އަހަރެމެންގެ މެދުގައި އެކި ތަފާތުތައް ހުރި ނަމަވެސް ގައުމުގެ މަސްލަހަތަށާއި، މުޖުތަމައުގެ ލާބައަށް އިސްކަންދޭން ޖެހޭނެ ކަމަށް ބުނެފައެވެ. އެއަށް ފަހު ޚުތުބާގައި ވަނީ ހުޅަނގުގެ ގައުމު ތަކަށް ބެލުމަށެވެ. އެގޮތުން ހުޅަނގުގެ ޤައުމުތަކުގެ މުޖުތަމައު ގައި މީހުން ގިނަވެފައި، ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް މާ ގިނަވާނެ ކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެ މީހުން ޚިޔާލު ތަފާތުވުން ހެދީ ޤައުމު ބިނާކުރުމަށް ބޭނުންވާ ފިކުރާއި ވިސްނުން ހޯދުމަށް ކަމަށް ބުނެފައެވެ.

ޚުތުބާގައި މިފަދައިން ބުނުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚް ނިޝާން ވިދާޅުވީ ސެކިއުލަރ ލާދިނީ ފިކުރު ފެތުރުން އެންމެ ފަހުން ހުކުރު ޚުޠުބާއަށް ވެސް ފޯރައިފި ކަމަށެވެ.

''މިއަދުގެ ހުކުރު ޚުޠުބާގައި ރައްޔިތުންނަށް އޮޅޭގޮތަށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޚިލާފު, ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާގެ: ޤައުމިއްޔަތު ވިސްނުން އިސްލާމީ ޢަޤީދާއަށްވުރެ / ޝަރީޢަތަށްވުރެ އިސްކޮށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ވިސްނުން ( ކޮންމެފަދަ ބާޠިލު ވިސްނުމެއް ފިކުރެއް ވިޔަސް އެޔާއި ދެކޮޅު ނުހަދައި ދެބަސްނުވެ އެކުގައި އުޅުމުގެ ވިސްނުން) ފެތުރުމަށް ވަރަށް ފާޅުގައި ވަނީ ގޮވާލާފައެވެ.'' ޝައިޚް ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

މީގެ އިތުރުން، މުސްލިމުންގެ މެދުގައި އުފެދޭ ފަރްޢީ, ފިޤްހީ މައްސަލަތަކާއި ދުނިޔަވީ ކަންކަމުގައި ދެބަސްވާ ކަންކަމުގައި ޢަމަލު ކުރަންވީ ގޮތް ނަގައިގެން ބާޠިލު ޢަޤީދާތަކާއި, އިސްލާމްދީނުގެ ޘަވާބިތުތަކަށް (ބަދަލުވުމެއް ނެތް ޙުކުމްތަކާއި އަސްލުތަކަށް) އިންކާރުކޮށް, ފުރައްސާރަކޮށް އަދި ދެކޮޅު ހަދާ މީހުންނާމެދު ވެސް ހަރުކަށިނުވެ, ދެކޮޅު ނުހަދައި އިންކާރުނުކޮށް، ދީނަށް ޢަޤީދާއަށް ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް "ޤައުމުގެ މަޞްލަޙަތައްޓަކައި" އެކަންކަން ޓޮލަރޭޓް ކޮށްލައިގެން ތިބެން ޖެހޭނެކަމަށް ވިސްނައިދޭން މިއަދުގެ ހުކުރު ޚުޠުބާގައި މަސައްކަތް ކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް
އަހުމަދު
ޚިޔާލުތަފާތު ވުމަކީ ތަޅާފޮޅަން ޖެހޭކަމެއް ކަމުގައި ދެކުމަކީ ޓެރަރިސްޓުންގެ ވިސްނުން. މި ވިސްނުން އޮންނަ ތަނެއްގައި ސުލްހަވެރިކަމެއް ނޯއްނާނެ.
16 Sep 2022
ހަސީނާ
ތުނބުޅިލާފަ އަރަބި ހެދުމެއްލިއަސް އިލްމުވެރިޔަކަށްނުވާނެ!
16 Sep 2022
ފޮއި
ދީނޭ ކިޔައިގެން މިއުޅޭ އެކްސްޓްރިމިސްޓް ގުރޫޕް މައިތިރި ކުރުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގަ އެޅިފައިވާ ގައުމީ ދީނީ ވާޖިބެއް. މިބައިމީހުންނާ ދުރުވެ މިބައިމީހޫންގެ އަވާގައި ޅަދަރިން ޖެހުނަ ނުދެއްވާށެވެ.
17 Sep 2022
ޢެސޮރު
ވަރަށް ރަގަޚުވާހަކަ އެއް ވިސްނާ ފިކުރުކޮށް އިސްލާމްދީނައް ނަސްރު ދޭ ބަޔަކަށް ވާންޖެހޭނެ ކޯޓުފަޓެއްލާފަ ސައްބެއްހެން ހުރްޓަސް ސަރަފުވެރިޔަކަށް ނުވެދާނެ ދަރިންނަށް ދަސްކޮށްދޭންވާނީ އިސްލާމްދީނުގެ އުސޫލުތައް
17 Sep 2022
ޢެސޮރު
ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން އެކަމަކުވެސް މި ޤައުމުގަ ފާޅުގަ ބާތިލް ކަންކަން ކުރަންޏާ އެކަން ހުއްޓވުމަކީ ކޮންމެ މުސްލިމަކަށްވެސް ލާޒިމް ކަމެއް
17 Sep 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.