އަލަމްގިރު އާއި ޢަބްދުއްރަޙްމާން ރަފީޢު
ހަބަރު
18 Sep 2022 | 09:58
އަލަމްގިރު މައްސަލަ: ފުލުސް މީހާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ ކޮށްފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަބްދުއްރަޙްމާން ހައްޔަރު ކުރީ، ޖުލައި 28 ވަނަ ދުވަހު އެވެ. އެއަށްފަހު އޭނާ ބަންދުގައި ބެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވުމަށް ފަހުގައެވެ. 

އެ މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު 13:00 ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލް ކޮށްފައެވެ. 

އެ ދަޢުވާއާ ގުޅިގެން މީގެ ކުރިން އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ދަޢުވާއަށް ޖަވާބުދާރީވާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނުމުން ކޯޓުން ދިނީ 10 ދުވަހެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި އޮންނާނީ ދަޢުވާއަށް ޖަވާބުދާރީވުމެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް އާއެކު، މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކުކުރަން ފަށައިފަ އެވެ.

މި މައްސަލައިގައި ހައްޔަރު ހައްޔަރު ކުރި މީހުންގެ ތެރެއިން އަލަމްގިރް އާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް މިހާރު ކޯޓުން ވަނީ ހުކުމްވެސް ކޮށްފައެވެ. އެގޮތުން އަލަމްގިރް އަށް 7 މަހުގެ ދުވަހުގެ ޖަލު ހުކުމް އައި އިރު، ނާޒިމް ސައްތާރު އަށް އައީ އެންމެ ތިން މަހާއި، 26 ދުވަހުގެ ގޭބަންދުގެ ހުކުމެކެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ހުކުމް ކުރި ގާޒީއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. 

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ އެންމެންގެ މައްޗަށްވެސް ޕީޖީ އޮފީހުން ގާނޫނުލްއުގުބާތުގެ ދަށުން ދައުވާ ކުރިއިރު، ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ