އަވަށްޓެރި ފުލުހުންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް
ހަބަރު
18 Sep 2022 | 16:14
އަވަށްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން “އަވަށްޓެރި ފުލުހުންގެ ހަފްތާ” ގެ ހަރަކާތްތައް މާލެ ސިޓީއާއި އަތޮޅުތަކުގައި ފަށައިފިއެވެ.

އަވަށްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން ވަނީ މިއަދު ހެނދުނު މާލެ ސަރަހައްދުގައިވާ ސްކޫލުތަކާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހުރި ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެފައެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އެސެމްބްލީގައި ބައިވެރިވެ “ސައިބަރ ސޭފްޓިއާއި ބުލީންގ” އާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ. 

މިއަދުގެ ހަރަކާތުގެ ތެރެއިން ވަނީ މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ 16 ސްކޫލެއްގެ 9290 ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ. އަދި އަތޮޅުތެރެއިން އެކި ސްކޫލަކުން ޖުމްލަ 20778 ދަރިވަރަކަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން 29979 ދަރިވަރުންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

އަވައްޓެރި ފުލުުހުންގެ ހަފްތާގެ ހަރަކާތްތަކުގެ  މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާއިރު މިހަފްތާގެ ތެރެއިން ގިނަ ހަރަކާތްތަކެއް  ރޭވިފައިވާއިރު، މިއަދު ހަވީރު މާލެ އާއި އަތޮޅުތަކުގައި “ވޯކް އެންޑް ޓޯކް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. 

މިހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައާއި އަތޮޅުތެރޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ. އަދި ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ވާހަކަތައް ފުލުހުންނާ ހިއްސާކުރެވޭނެއެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ސެޕްޓެމްބަރު 18 އިން 24 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.