ޝަހީދު ހުސެން އާދަމް ބިލްޑިން
ހަބަރު
19 Sep 2022 | 06:02
އަލަމްގިރި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ދެމީހުން ހައްޔަރު ކޮށްފި

ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް ބޭނުންކޮށްގެން އެ ވީޑިއޯތަކުން ފެންނަ މީހުން ބްލެކްމެއިލް ކުރި ދެމީހުން ހައްޔަރު ކޮށްފިއެވެ. 

މި މައްސަލައިގައި ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް ބޭނުންކޮށްގެން އެ ވީޑިއޯތަކުން ފެންނަ މީހުން ބްލެކްމެއިލް ކުރި ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. 

އަލްމްގިރި އާއި އެކު 250 އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުންހިންގި ކަމަށް ފުރަތަމަ އަޑުތައް ފެތުރި އޭގެތެރެއިން ބައެއް މީހުންގެ ވީޑިއޯތައް އާންމުވެފައިވީ ނަމަވެސް އަލަމްގިރީގެ މައްޗަށް ފުލުހުން ދައުވާ ކޮށްފައިވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެވެ. 

މިހާތަނަށް އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ މަދު ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު(ދޮންދިގު) ހިމެނެއެވެ.

މި މައްސަލައިގައި ނާޒިމްގެ މައްޗަށް މިހާރު ވަނީ 4 މަހުގެ ގޭގައި ބަންދުކުރުމަށް ހުކުމް ކޮށްފައެވެ. އޭނާއަށް މިހާ ލުއި އަދަބެއް ލިބުމާއި ގުޅިގެން ސަރުކާރަށާއި ފުލުހުން އަދި ކޯޓުތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް
ާރަށް
ރަށް ބަދުނާމު ކޮއްފި އަކިރި އާއިލާ...
19 Sep 2022
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.