ކްރިމިނަލް ކޯޓް
ހަބަރު
19 Sep 2022 | 13:14
ދިރުވާލައިގެން ރަން އެތެރެކުރި އިންޑިއާ މީހަކު ޖޫރިމަނާކޮށްފި

ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި އިންޑިއާ މީހެއްގެ މައްޗަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ ސާބިތުވެ 60،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ހުކުމްކޮށްފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ އަކްޝޭކްމާރު ސްރޭޝްބާއީ ބަޓް އެވެ. އަކްޝޭ ރަންތަކެއް ދިރިއުވާލައިގެން ރާއްޖެ އެތެރެވީ މިދިޔަ ޖުލައި 19 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން އެމީހާގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން ފާހަގަވެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވާކަން ޝައްކުކުރެވުނީ އެއާޕޯޓުން ޗެކުކުރި ވަގުތު އެވެ.

 އަދި އެކަމާ ގުޅޭ ގޮތުން ކަސްޓަމްސްގެ މުވައްޒަފުން އޭނާއާ އެ ވަގުތު ސުވާލުކުރުމުން އެއީ ރަން ކަމަށް ބުނެ ބޮޑުކަމު ގޮސް އެތަކެތި ނެރުނީވެސް އަމިއްލަ އިހްތިޔާރުގައި ކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި މައްސަލަ ކޯޓަށް ހުށައެޅުމުން އިބްތިދާއީ މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އޭނާ އެ ކުށަށް އިއުތިފާރްވެފައިވާތީ ކްރިމިނަލް ކޯޓުން ވަނީ 60,000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް, އިއްޔެއިން ފެށިގެން ފަސް މަސްދުވަހުގެތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފައެވެ. އަދި އެ މީހާގެ ހަށިގަނޑުން ފެނުނު ރަން ދައުލަތަށް ނެގުމަށް ވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.