ތަރްތީލް އެޕް
ދީން
28 Sep 2022 | 07:21
ތަރްތީލް އެޕް: ޤުރުޢާން ހިތުދަސްކުރާ ފަރާތްތަކަށް ބޮޑު އެހީއެއް!

ކީރިތި ޤުރުއާން ހިތުދަސްކުރާން މަސައްކަތް ކުރާ ގިނަ ފަރާތްތަކެއް އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ތިބިއިރު، އެކަމަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކުގައި އެކަމުގައި މަސައްކަތް ކުރާނެ މީހަކު ނެތުމެވެ. ނުވަތަ، ތިމާ ކިޔަވާއިރު, އެ ކިޔެވެނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލާނެ މީހަކު ނެތުމެވެ. އޭގެ ސަބަބުން، ނުބައި ކޮށް ޤުރުއާން ކިޔެވޭ އިރުވެސް މި ކިޔެނީ ނުބައި ކޮށް ކަން ނޭނގި، އެކަމާއި ގުޅިގެން އުފެދޭ ކަންބޮޑުވުމާއި ހުރެ ގުރުއާން ހިތުދަސްކުރާން ފަށާ އެތައް ބައެއް އެކަން ހުއްޓާލާތަންވެސް ފެނެއެވެ. މި ހުރިހާ މައްސަލައަކާއި، މިނޫންވެސް ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ކުރިމަތިވާ ގިނަ މައްސަލަ ތަކެއްގެ ހައްލު "ތަރްތީލް" އެޕްލިކޭޝަންއިން މިވަނީ ހޯދައިދީފައެވެ. 

"ތަރްތީލް" އެޕް އަކީ ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ގުރުއާން އެޕްލިކޭޝަން ފޯނަށް އެޅުމަށްފަހު ތިމާއަށް ކިޔެވެނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލާނެ މީހަކު ނެތީގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެހެނީ މި އެޕްގައި އިންނަ ޚާއްސަ އެއް ފީޗާއަކީ ދަސްވިތޯ ޗެކްކުރަން ބޭނުންވާ އާޔަތް އެޕްލިކޭޝަން ގައި އިންނަ ގުރުއާން އިން ގެއްލުވާލުމެވެ. އެގޮތުން އާޔަތް ގެއްލުވާލާފައި، ދެން ތިމާ އެ އާޔަތް ކިޔަން ފެށުމުން އެ ކިޔެނީ ރަނގަޅަށް ކަމުގައިވާނަމަ، ފޯނުން ތިމާ ކިޔާ ވަރަށް، ކިޔާ މިންވަރެއް ފެންނަމުންދެއެވެ. އަދި އެއްވެސް ހިސާބަކުން ނުބައިކޮށް ކިއިއްޖެނަމަ، އެހިސާބުން ގުރުއާނުގެ އާޔަތް ފެނުން ހުއްޓެއެވެ. އަދި ރަނގަޅަށް ކިޔުމުން އަލުން އެ ކިޔާ ވަރަކަށް އާޔަތް ފޯނު އިސްކިރީނަށް އަރަމުންދެއެވެ. 

ތަރްތީލް އެޕް ބޭނުން ކުރާނެ ގޮތް ކިޔައިދީފައިވާ ވީޑިއޯއެއް

އަދި މީގެ އިތުރުން، ތިމާގެ ކިޔެވުމުގެ ޝައުގާއި ޖޯޝު އިތުރު ކޮށްދީ، އަބަދުވެސް 'މޯޓިވޭޓް' ކޮށްދިނުމަށް، ދަސްވާ މިންވަރަކަށް، ބެޖާއި، އަދި ކިޔެވުމަށް ހަނދާންކޮށްދިނުމަށް ނޯޓިފިކޭޝަންވެސް އެ އެޕްލިކޭޝަން އިން ފޮނުވަދެއެވެ. އަދި ތިމާއަށް ކިޔެވޭ މިންވަރާއި އަޑުއެހޭ މިންވަރު އޮޓޮމެޓިކުން ޓްރެކް ވެގެންދާއިރު، ތިމާއަށް ދުވާލެއްގެ މައްޗަށް ހާސިލްވެފައިވާ މިންވަރުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.

އަދި ހަމައެހެންމެ، ވަކި އާޔަތެއް ގުރުއާނުން ހޯދަން ބޭނުންވެއްޖެނަމަ އެ އާޔަތް ކިޔަވާލުމުން ގުރުއާނުގައި އެ އާޔަތް އިންނަ ތަން ތަރްތީލް އެޕް އިން ދައްކައިދޭނެއެވެ.

މި އެޕްލިކޭޝަން ގެ ޕްރިމިއަމް ވާޝަން އިން ތިމާ ކިޔަވާއިރު، އިތުރު ކޮށްގެން ނުވަތަ އުނިކޮށްގެން ކިޔޭ ލަފްޒުތަކާއި އަދި ނުބައިކޮށް ކިޔެވޭ ލަފްޒުތައް ތިމާއަށް ފާހަގަކޮށްދިނުން ފަދަ ޚާއްސަ އެތައް ކަމެއް ހިމެނެއެވެ. 

ތަރްތީލް އެޕް ގެ އައިއޯއެސް ލިންކް

https://apps.apple.com/app/tarteel/id1391009396

ތަރްތީލް އެޕް ގެ އެންޑްރޮއިޑް ލިންކް

https://play.google.com/store/apps/details?id=com.mmmoussa.iqra

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.