ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް-- ފޮޓޯ: ދިޑެއިލީ
ހަބަރު
25 Sep 2022 | 16:35
އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބު ކުޑަކުރުން ޝަމީމް ދިފާއުކޮށްފި!

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވާ މީހުންގެ އަދަބު ކުޑަ ކަމާއި މެދު ޢާއްމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، ކުށް ކުރާ މީހުންގެ އަދަބު ކުޑަ ކުރުމަކީ އައު ކަމެއް ނޫން ކަމަށް ބުނެ އެކަން ދިފާއުކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ލިޔުމެއް އާއްމު ކުރައްވައިފިއެވެ. 

"އަދަބު އިސްތިއުނާފް ކުރުން- އަބަދުވެސް ހިނގާ ކަމެއް" ނަމުގައި ޕީޖީ ޝަމީމް އިއްޔެ އޭނާގެ ބްލޮގުގައި ލިޔުއްވާފައިވް ލިޔުމުގައި ވާގޮތުން ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މައްސަލައެއް އިސްތިއުނާފު ކުރުމަކީ އަސްލު މަސައްކަތުގައި އުޅުއްވާ ވަކީލުންނާއި ޕްރޮސިކިއުޓަރުން އަލަށް ކުރާ ކަމެއް ނޫން ކަމަށާ، އެއީ އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.

"އަދަބާބެހޭ ގޮތުން އޮތް ހަމަތައް ތަންފީޒުކުރާކަން ކަށަވަރު ކުރުމަށްޓަކައި، އަދަބު ދިނުމުގައި ފަނޑިޔާރު ޤާނޫނު މާނަކުރެއްވި ގޮތް ވަކިން (ކުށް ސާބިތުވާކަމަށް ނިންމެވި ނިންމެވުމާ ވަކިން) އިސްތިއުނާފު ކުރެވޭނެކަމަށްވެސް ޤާނޫނުގައި ކަނޑައެޅިއެވެ. 1003 ވަނަ މާއްދާގެ (ރ) ގައި އޮތީ، ކުށުގެ ދަރަޖަ ކަނޑައެޅުމުގައި ކޯޓުން އޮޅުން އަރައިފައިވާނަމަ ނުވަތަ ކަނޑައެޅޭނެ އަދަބުގެ މިންވަރު ނިންމުމުގައި ޤާނޫނީގޮތުން ނުބައި ކޮށް ނިންމައިފައިވާނަމަ، ޙުކުމުގެ އެބައި އެކަނި އިސްތިއުނާފު ކުރެވިދާނެކަމަށެވެ." ޝަމީމްގެ ލިޔުމުގައިވެއެވެ. 

ޝަމީމްގެ އެ ލިޔުމުގައި ވާގޮތުން ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން، ދައުވާ ކުރުމުގެ ކުރިން ކުށަށް އިއުތިރާފުވެ އާންމުންގެ ކިބައިން މާފަށް އެދޭ ނަމަ އަދަބަށް ދެ ދަރަޖައިގެ ލުޔެއް ލިބޭނެ އެވެ. އެކަމަކު، ދައުވާ ކުރި ފަހުން ނަމަ ލިބޭނީ އެއް ދަރަޖައިގެ ލުޔެކެވެ.

"ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގައި އޮތީ، ކުށްވެރިޔާ ކުށާ މެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ އެވެ. ދައުވާކުރުމުގެ ކުރިންނަމަ، 2 ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، 1 ދަރަޖައެވެ. ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ޚިލާފު ނަމަ، އެ ނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހެ އެވެ." ޝަމީމްގެ ބްލޮގްގައިވެ އެވެ.

މީގެ އިތުރުން، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ނަމުގައި ސުޕްރީމް ކޯޓުން ނެރުނު އުޞޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށަށް އަދަބު ކަނޑައެޅުމުގައި ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 ގުނަ ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް އޮންނަ ކަމަށާ، އެހެންނަމަވެސް، އެއްވެސް ކުށަކަށް ކަނޑައެޅޭ އަދަބު 2 ގުނަ މަތިކުރުމަކީ ޤާނޫނުލްޢުޤޫބާތު ދަންނަ ކަމެއް ނޫން ކަމަށްވެސް އެ ލިޔުމުގައި ވެއެވެ. 

ޝަމީމް މިފަދަ ލިޔުމެއް ލިޔުއްވާފައި މިވަނީ, ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހުމާނު ރާފިއުއަށް ކުރި ހުކުމް ބޮޑުވުމުން, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އިސްތިއުނާފް ކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.