ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ވޮއިސް
ހަބަރު
27 Sep 2022 | 12:30
ބޮޑު ތަކުރުފާނުގެ ޖިހާދު ހަނދާން ކުރާއިރު މިއަދު ލޮލުން ފާއްދާލަނީ ކަރުނަ: ރައީސް ޔާމީން

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގައި، ބޮޑު ތަކުރުފާނުގެ މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރަމުންދާއިރު މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ގައުމީ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ އަދާކުރައްވަމުން މިދަނީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތި ކަމާއެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ބޮޑު ތަކުރުފާނުގެ މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރަމުންދާއިރު މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށްވެސް ޔަމީން ވިދާޅުވިއެވެ. 

"ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންގެ އަރިހަށް ފޮނުވަމެވެ. ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދުލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނައެވެ." ރައީސް ޔާމީންގެ ޓުވީޓުގައި ވެއެވެ. 

ރައީސް ޔާމީން މިފަދައިން ވިދާޅުވެ ގައުމީ ދުވަހުގެ ތަހުނިޔާ އަދާކުރައްވާފައި ވާއިރު، އެކި ފަހަރު މަތިން އެމަނިކުފާނު އެކި ޕޯޑިއަމްތަކުގަޔާއި، އިންޓަވިއު ތަކުގައި ވާހަކަދައްކަވަމުންވެސް މި މޭރުމުން ވާހަކަ ދައްކަވާފައިވެއެވެ. 

އެގޮތުން ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ދުލުން ކިޔާލާ ނަމަވެސް، މިއަދު ދިވެހިރާއްޖެއަކީ އިންޑިއާ ގެ އަޅުވެތި ކަމުގެ ދަށުގައިވާ ގައުމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި، އެމަނިކުފާނާއި، އަދި އިދިކޮޅު ކޯލިޝަންގެ މެންބަރުން ދައްކަވަނީ ދިވެހިރާއްޖެއިން އިންޑިއާ އާއި އެކީ ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، ޚާއްޞަކޮށް އުތުރު ތިލަފަޅު އެއްބަސްވުމެވެ.

އެފަދަ އެއްބަސްވުންތަކުގެ ސަބަބުންނާއި އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ގާއިމްވެ ތިބުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ކަމަށް ބުނެ އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ނަމުގައި ކެންޕެއިނެއް ވެސް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ