ހުޅުމާލޭ ދެވަނަ ފިޔަވަހިގެ މަގެއް-- ފޮޓޯ: އަވަސް
ހަބަރު
27 Sep 2022 | 13:06
ހުއްދަނެތި ހުޅުމާލެ މަގުތަކުގައި ބަހައްޓާފައި ހުރި މުދާތައް ނަގަން އަންގައިފި

ހުޅުމާލޭ އެކިއެކި ސަރަހައްދުތަކުގެ މަގުތަކުގައި ހުއްދައަކާ ނުލާ ބަހައްޓާފައި ހުރި މުދާ، އޮކްޓޯބަރ 5 ވަނަ ދުވަހުގެ ކުރިން ނަގަން އަންގައިފިއެވެ.

އެޗްޑީސީއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ސިނަމާލެ ބްރިޖާއެކު ހުޅުވުމުން ހުޅުމާލެ މަގުތައް ބޭނުންކުރާ ފަރާތްތައް ކުރިއަށްވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި ހުޅުމާލޭގެ މަގުތަކަކީ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން ހުޅުމާލޭގެ އެކި އެކި ސަރަހައްދުތަކުގައި ޕެލެޓްފަދަ ތަކެއްޗާއި ދަގަނޑާއި ބޭނުން ނުކުރެވޭ ވަރަށް ބާވެފައިވާ އުޅަނދުތައް ސިނާއީ ސަރަހައްދުން ބިން ދޫކޮށްފައިވާ ފަރާތްތަކުން އެޗްޑީސީގެ ހުއްދަ އަކާއި ނުލާ މަގުމަތީ ބަހައްޓާފައިވާ އުޅަނދުތަކާއި މުދާތައް ހުރިކަން ފާހަގަކުރެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ މަގުތައް އަމާން އަދި ރައްކާތެރިތަނަކަށް ހެދުމަށްޓަކައި އެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި މަގު ބޭނުން ކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެގޮތަށް މަގުތަކުގައި ބެހެއްޓިފައިވާ ތަކެތި ނެގުމަކީ މުހިއްމު ކަމެއް ކަމަށާއި ހުޅުމާލޭގެ އެކި އެކި ސަރަހައްދުތަކުގެ މަގުތަކުގައި ބެހެއްޓިފައިވާ އެފަދަ ތަކެތި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 10 ދުވަސްތެރޭގައި (5 އޮކްޓޯބަރ 2022ގެ ނިޔަލަށް) ނެގުމަށް އަންގާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެޗްޑީސީއިން ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށް އެޗްޑީސީއިން ޒިންމާނުވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.