Advertisement

ޔުނީފޯމުގައި ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފުންމާލި ފުލުހަށް އެތައް ބައެއްގެ ތައުރީފު!

ގުރައިދޫގައި އޮޔާދަމައިގަތް ޓޫރިސްޓް ސަލާމަތް ކުރަނީ-- ފޮޓޯ: ގުރައިދޫ ކައުންސިލް

ކ.ގުރައިދޫގައި ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް އޮޔާ ދަމައިގަތް ފަތުރުވެރިއަކު ސަލާމަތްކުރަން ޔުނީފޯމުގައި މޫދަށް ފުންމާލި ފުލުސް އޮފިސަރަށް ޢާންމުންނަށް ގިނަ ބަޔަކު ތަޢުރީފުކޮށްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އަންހެނުންނާއި ދަރިފުޅާ އެކީގައިގުރައިދޫގެ އުތުރު ފަރާތު މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް ރަޝިޔާގެ ފަތުރުވެރިއަކު ސަލާމަތް ކޮށްފައިވަނީ އެ ވަގުތު އެ ސަރަހައްދުގައި އުޅުނު ފުލުސް އޮފިސަރަކާއި ދެ ޒުވާނުންނެވެ.

ގެނބެމުންދިޔަ ފަތުރުވެރިޔާ ސަލާމަތް ކުރުމަށް އަހުމަދު އަމަން ނަމަކަށް ކިޔާ އެ ފުލުސްމީހާ މޫދަށް އެރުނީ ލައިގެން ހުރި ޔުނީފޯމާއިވެސް އެކުގައެވެ. ފުލުސް އޮފިސަރާއި ދެ ޒުވާނުން

Advertisement

އަމަންއާއި ދެ ޒުވާނުން ފަތުވެރިޔާ ސަލާމަތް ކުރަން އުޅުނު މަންޒަރު ފެންނަ ފޮޓޯތައް ގުރައިދޫ ކައުންސިލުގެ އެފްބީ ޕޭޖުގައި ވަނީ ހިއްސާކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ޕޯސްޓް ހިއްސާކޮށް ފުލުސް އޮފިސަރަށާއި, ދެ ޒުވާނުންނަށް ތަޢުރީފުކޮށްފައެވެ. އެގޮތުން އެ ތިން ޒުވާނުން ދެއްކީ އިންސާނިއްޔަތު ކަމުގެ ނަމޫނާ ކަމަށް އެމީހުންނަށް ތައުރީފު ކުރި މީހުން ބުންޏެވެ.

Advertisement

ކޮމެންޓް