އިންޑިއާގެ ނިއު ދިއްލީ ގައި ހުންނަ ސްޕްރީމްކޯޓު
ދުނިޔެ
30 Sep 2022 | 12:02
ބަނޑަށް 24 ހަފްތާ ވުމުގެ ކުރިން ދަރިފުޅު މަރާލުން ހުއްދަ ކަމަަށް އިންޑިއާއިން ނިންމައިފި

މާ ބަނޑު އަންހެނާގެ ބަނޑަށް 24 ހަފްތާ ވުމުގެ ކުރިން އޭނާގެ ބަނޑުގައި އޮންނަ ދަރިފުޅު މަރާލުމަކީ، ނުވަތަ އެބޯޓް ކޮށްލުމަކީ ހުއްދަ ކަމެއް ކަމަށް އިންޑިއާގެ ސްޕްރީމްކޯޓުން ނިންމައިފިއެވެ. 

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު ޑީ.ވައި.ޗަންދްރަޗޫދު ކުރި ހުކުމެއްގައި ބުނެފައިވަނީ، މީހަކާ އިނދެގެން ހުރި އަންހެނެއް ކަމުގައި ވިޔަސް، މީހަކާ ނުއިނދެ ހުރި އަންހެނެއް ކަމުގައި ވިޔަސް، ބަނޑަށް 24 ހަފްތާގައި ބަނޑުގައި އޮންނަ ދަރިފުޅު އެބޯޓް ކޮށްލުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށެވެ. އަދި އަންހެނާ ކައިވެންޏެއް ކޮށްގެން ހުރުމަކީ ނުވަތަ ހުސްހަށިބައިކޮށް ހުރުމަކީ އޭނާ ދަރިފުޅު އެބޯޓް ކުރުމުގެ ހައްގުން އުނިކުރުވާ ކަމެއް ނޫން ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ. 

"ބަނޑުގައި އޮންނަ ދަރިފުޅު އެބޯޓް ކޮށްލަންވީތޯ ނުވަތަ ނޫންތޯ ނިންމުމަކީ އަންހެންމީހާގެ ހައްގެއް. އެ ނިންމުން ނިންމަންވާނީ، އެހެން އެއްވެސް މީހެއްގެ ނުފޫޒެއް ނެތި" އިންޑިއާ ގެ ސްޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ. 

އިންޑިއާގެ ސްޕްރީމްކޯޓުން މި ނިންމުން ނިންމާފައި މިވަނީ، ނަހަލާލަށް އަންހެނަކު ބަލިވެ އިނދާ، އޭނާ ޒިނޭ ކުރި ފިރިހެން މީހާ، އެ އަންހެން މިހާ އާއި ގުޅުން ކަނޑައިލުމުން، އަންހެނާގެ ބަނޑުގައި އޮތް ދަރިފުޅު އޭނާ އެބޯޓް ކުރަން ބޭނުންވެ، އެކަމާއި ގުޅޭގޮތުން ޕެޓިޝަނެއް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ. 

އިންޑިއާގެ މަތީ ކޯޓުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު މިކަމުގެ ސަބަބުން، އިންޑިއާގައި ހަށިވިއްކުމުގެ ވިޔަފާރިއާއި، އެފަދަ ނުބައި ފާހިޝް ކަންކަން އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް މީސްމީޑިއާ އެކަމާއި ގުޅިގެން ޚިޔާލު ފާޅުކޮށްފައިވާ މީހުން ބުނެއެވެ. އަދި، އިންޑިއާ އަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށް ވާއިރު، މިފަދަ ނިންމުމެއް ނިންމުމަކީ، މުސްލިމުންގެ މެދުގައި ޒިނޭ އާއި ފާހިޝް ކަންކަން ފަދަ ހަރާމް ކަންކަން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް މީހަކު ބުނެފައިވެއެވެ. 

އަދި މީގެ އިތުރުން، އިސްލާމް ދީނުގައި ބަނޑުގައި އޮންނަ ދަރިފުޅު ވައްޓާލުން ކޮންމެ ކޮންމެ ހާލަތެއްގައި ހުއްދަ ވެސް ނުވާއިރު، މިއީ ނުހައްގުން ތުއްތު ފުރާނައެއް ގަސްތުގައި މަރާލުން ކަމުގައިވެސް އެއަށް ކޮމެންޓު ކޮށްފައި ހުރި އިންޑިއާގެ މުސްލިމުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.