މޯހަން ބަގްވަތް
ދުނިޔެ
30 Sep 2022 | 15:19
ދަތި ހާލަތްތަކުގައި ރާއްޖެއަށް އެހީ ފޯރުކޮށްދޭ ހަމައެކަނި ގައުމަކީ އިންޑިއާ: އާރްއެސްއެސް

ދިވެހިރާއްޖެ އާއި ސްރީލަންކާ އަށް ކުރިމަތިވި ދަތި ހާލަތްތަކުގައި އެ ދެގައުމަށްވެސް އެހީވި ހަމައެކަނި ގައުމަކީ އިންޑިއާ ކަމަށް އެގައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ހިންދޫ ޖަމާއަތެއް ކަމަށްވާ ރަކްޝަތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރްއެސްއެސް)ގެ ޗީފް މޯހަން ބަގްވަތް ބުނެފިއެވެ. 

"ބާރަތް ވިކާސް މަންޗް" އިން ގެނެސްދިން ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަމުން މޯހަން ބުނީ އިންޑިއާ އަކީ ރޫހާނިއްޔަތައް އިސްކަންދޭ ގައުމެއް ކަމަށެވެ. އަދި އެހެނިހެން ގައުމުތަކުގެ މީހުންގެ ކިބައިގައިވެސް އެކަން އަށަގެންނެވުމަށް ޓަކައި އިންޑިއާއިން އެ މިސާލު ދައްކުވައިދޭންޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި އިންޑިއާގެ ރޫހަކީ އެއްވެސް ބޮޑާ ކަމެއް ނެތި ދިރިއުޅުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

މިއާއެކު އޭނާ ވަނީ، ސްރީލަންކާ އަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދިން ހަމައެކަނި ގައުމަކީ އިންޑިއާ ކަން ފާހަގަކުރަމުން އިންޑިއާ އިން ދިވެހިރާއްޖެއަށް ވެސް ވެދިން އެހީގެ ވާހަކަ އޭނާވަނީ ދައްކާފައެވެ. 

"ދިވެހިރާއްޖެއަށް ފެނުގެ ދަތިކަން ލިބުނު ދުވަހު ކޮންބައެއް އެމީހުންނަށް ފެން ހަދިޔާ ކުރީ؟ އިންޑިއާ އިން އެކަން ކުރީ. އެއީ ރޫހާނި އިންޑިއާ" މޯހަން ބުނެފައިވެއެވެ. 

މޯހަން ބުނެފައި އެވަނީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މުޅި މާލެއިން ފެން ކަނޑާލުމުމުން އެތައް ބަޔަކު ފެނަށް ޖެހިފައު ވަނިކޮށް އިންޑިއާ އިން ފެން ފޯރުކޮށްދިން ވާހަކައެވެ. އެ ކާރިސާގައި ރާއްޖެއަށް އެހީވީ ހަމައެކަނި އިންޑިއާއިން ކަމަށް ދޭހަވާ ފަދަ މޭރުމަކުން މޯހަން ވާހަކަދެއްކި ނަމަވެސް ބަންގްލަދޭޝްއިން ވެސް މާލެއަށް ވަނީ ފެން ހަދިޔާ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.