ޝެއިޚް އަބްދުﷲ ބިން މުހައްމަދު-- ފޮޓޯ: ޖަމިއްޔަތުއްސަލަފް
ހަބަރު
04 Oct 2022 | 14:27
ޖުވާ ހަރާމް ކަމަށް އިންކާރު ކުރާމީހާ ޤުރުއާނަށް އީމާންނުވޭ: ޝެއިޚް އަބްދުﷲ

‏ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާ، އުއްމަތުގެ އިޖްމާޢު އިން ޙަރާމްކަމެއް ކަމުގައި އައިސްފައިވާއިރު އެކަމަށް އިންކާރު ކުރާމީހާ ޤުރުއާނަށް އީމާންނުވާ ކަމަށް ޖަމިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެސިނޯ ހިންގުން އެއްވެސް ގަވާއިދަކުން މަނާ ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ޝެއިޚް އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާ، އުއްމަތުގެ އިޖްމާޢު އިން ޙަރާމްކަމެއް ކަމަށާ، އިންކާރު ކުރާމީހާ ޤުރުއާނަށް އީމާންނުވާ ކަމަށެވެ. 

އަދި ދިވެހިރާއްޖޭގައި އެހެނިހެން ޖަރީމާތައް ޢާއްމުކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާފަދައިން، ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށްވެސް ޝެއިޚް ވަނީ އިލްތިމާސްކުރައްވާފައެވެ. 

މީގެ އިތުރުން، އެފަދަ ނުބައި ކަންކަން ހުއްދަކުރަމުންދާއި ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީ ވަކިވަރަކަށް ކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ، ހެޔޮ ޤާނޫނުތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ނުތިބެވޭނެ ކަމަށެވެ. 

"ހެޔޮ ޤާނޫނުތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރާށެވެ. އެހާރުން ޤާނޫނު ތަންފީޒްކުރަން ނިކުންނާނީ ރައްޔިތުންނެވެ!" ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ކުރެއްވި ސުވާލަކާ ގުޅިގެން، ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުން އެއްވެސް ގަވާއިދަކުން މަނާ ނުކުރާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ރިސޯޓުތަކުގައި ޕްރޮފިޓް ނުލިބޭ ކުޅިވަރުތައް ހިންގުމުގެ ބަދަލުގައި ކެސިނޯ ލައިސަންސް ދޭންޖެހޭ ކަމަށް ވިދާޅުވެ ޖާބިރު ސުވާލު ކުރެއްވީ، ކެސިނޯ އެޅުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ އާއި އެކަން ކުރުން މަނާކުރަނީ ކޮންތާކުންތޯ ކަމަށް ވިދާޅުވެއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަން މިނިސްޓަރު މަހްލޫފަށް ފުރުސަތު އަރުވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކެސިނޯ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރާ ކަމަށާއި، އެއީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ ކެސިނޯއޭ ބުންޏަސް ރާއްޖޭގެ ރައްޔިތުންނަށް ގޯސްވާ ކަމަށާއި، ނަމަވެސް އެފަދަ ކަންކަމަކީ މުޖްތަމައުގައި މަޝްވަރާ ކުރެވެންޖެހޭނެ ކަންކަން ކަމަށެވެ.

".. މިއިން ތަނެއްގައިވެސް އަޅުގަނޑުމެންނަށް ކެސިނޯއޭ ބުންޏަސް، ވާހަކަ ފެށިޔަސް ގޯސްވޭ. އެ ނަން ކިޔަސް ވެސް ގޯސްވާ ހިސާބުގައި. އެހެންވީމަ އުޅެންޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި، މިއިން ކަމަކާ ގުޅިގެން މަޝްވަރާ ކޮށްލާނެ ޖާގަވެސް އޮންނަ ކަމަކަށް ނުވޭ" މަހުލޫފް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.