ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Oct 2022 | 13:38
ހައްގު ނުވާ މީހަކަށް އެވޯޑެއް ނުދެން: ތަރުޖަމާނު މިއުވާން

ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުލުހުން ސަރުކާރުން ކުލަ ގަދަކޮށް ފާހަގަކޮށްފައިވާ އިރު، ކުރު ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ސިނާއަތަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދެއްވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ފަތުރުވެރިކަމުގެ އެވޯޑު ދީފައި ނުވާތީ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލި ފަރާތްތަކަށްވެސް ފަތުރުވެރިކަމުގެ އެވޯޑު ދީފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާދައިވާ ކުރީގެ ރައީސް ޔާމިންއަށް އެ އެވޯޑު ނުދިން ސަބަބަކީ ކޮބައިތޯ ރައީސް އޮފީހުގެ ތަރުޖަމާނުގެ އަރިހުން އައްސަވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ ހައްގު ނޫން ފަރާތަކަށް އެވޯޑު ނުދެއްވާކަމަށެވެ. 

"ހައްގު ނުވާ މީހަކަށް އެވޯޑެއް ނުދެން"

ރައީސް އޮފީހުގެ ތަރުޖަމާނު

މިއުވާނުގެ ޖަވާބު ނިންމަވާލެއްވިއިރުވެސް ރައީސް ޔާމީންއަށް އެ އެވޯޑު ނުދިން ސަބަބު ހާމަކޮށެއް ނުދެވުނެވެ. 

ފަތުރުވެރިކަމުގެ ސިނާއަތަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފައިވާއިރު، ނަޝީދަކީ އެކި ފަހަރުމަތިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ގޮވާލައްވާފައިވާ ބޭފުޅެކެވެ. 

އަނެއްކޮޅުން މި އެވޯޑު ރައީސް ޔާމިންއަށް ދެއްވާފައި ނުވިނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ދާއިރާ ކުރިއެރުވުމަށް އެ ވެރިކަމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. 

އޭގެ ތެރޭގައި އެއަރޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގައެވެ. އޭގ އިތުރުން އެއަރޕޯޓު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީހާއެއްގެ ގޮތުން އަހަރަކު 4.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ވަރަށް އެއަރޕޯޓުގެ ގާބިލުކަން އިތުރުކުރެވުނެވެ. 

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު 50 އަށް ވުރެ ގިނަ ރިސޯޓް ހުޅުވި އެވެ. އަދި އެނދުގެ އަދަދު 20،000 އަށް ވުރެ އިތުރު ކުރި އެވެ. 

50 ރިސޯޓާއި 300 އަށް ވުރެ ގިނަ ގެސްޓް ހައުސް ހުޅުވުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި 10000 ވަޒީފާ 2019 ވަނަ އަހަރު އެކަނި އުފެއްދެވުމުގެ އިތުރުން ގްރީން ޓެކްސް ތައާރަފްކުރުން ފަދަ މުހިންމު މަސައްކަތްތައް ރައީސް ޔާމީންގެ ޒައާމަތުގައި ވަނީ ކުރެވިފައެވެ. 

ފަޅު ހިއްކައިގެން އިންޓަގްރޭޓެޑް ތަފާތު ކޮންސެޕްޓުގެ ރިސޯޓު ހަދަން ފުރުސަތު ދިނީ ވެސް ރައީސް ޔާމީން ވެރިކަމުގަ އެވެ. މިގޮތުން ޓޫރިޒަމަށް 25 ފަޅެއް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު ދޫކޮށްފައެވެ. 

ކޮމެންޓް
ޘަހަ
އެންމެ ގިނައިން ކެއީ ވެސް އޭނާ. ނުހައްގުން ފަޅުތައް ދޭން ވެގެން އަމިއްލަ ގޭގަ ލާރި ދަބަސް ބަހައްްޓާފަ ގުނި ވާހަކަ ވެސް ދައްކާފަ އޮތް ވާހަކަ ލިޔެބަލަ ތިހާ ބައޭސް ނުވެ.
10 Oct 2022
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ