ލައިފްސްޓައިލް
07 Oct 2022 | 07:35
މި ހުކުރު ކްރިސްޕީ ޗިކަން ހަދާލަމާ!

ކުކުޅު މެރިނޭޓް ކުރަން ބޭނުންވާ ތަކެތި

1 ކުކުޅު ފައި ޕެކެޓް (900ގ, ހަން ނުނޮޅައި ޅިޔަ އަޅާފައި)

2 ބިސް

1 ސައި ސަމުސާ ގާނާފައި ހުރި ލޮނުމެދު

1 ސައިސަމުސާ ގާނާފައި ހުރި އިނގުރު 

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް 

1 ސައި ސަމުސާ ޓޮމާޓޯ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

ރަހާލާ ވަރަށް ލޮނު 

1 މޭޒުމަތީ ސަމުސާ މުގުރި ހިކި މިރުސް 

1 ސައި ސަމުސާ މުގުރި އަސޭ މިރުސް

1 ޖޯޑު ދިޔާ ކިރު

ކުކުޅު ކޮޅާއި ކިރު ފިޔަވައި ދެން ހުރި ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ކިރު ވެސް މަޑު މަޑުން އަޅަމުން އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅު ކޮޅު ލައި ރަނގަޅަށް އެކުލަވައި ލުމަށްފަހު މަތި ރަނގަޅަށް ބަންދު ކޮށްލާފައި 3 ގަޑިއިރު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.

ކުކުޅުގެ ކޯޓިން ހަދަން ބޭނުންވާ ތަކެތި

1 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ކޯން ފްލާރ

1/2 ސައި ސަމުސާ ބޭކިންގ ޕައުޑަރ

1 ސައި ސަމުސާ ލޮނުނެދު ޕައުޑަރ (ނުވަތަ ގާނާފައި ހުރި ލޮނުމެދު)

ލޮނުކޮޅެއް

1 ސައި ސަމުސާ މުގުރި ހިކި މިރުސް

1/2 ސަމުސާ ރީނދޫ

ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލުމަށްފަހު، މެރިނޭޓް ކުރި ކުކުފައި ތަކުގައި، ފަހަރަކު ފައެއްގެ ބޭރުގަައި ރަނގަޅަށް ފުށް އުނގުޅައި ލުމަށްފަހު މެރިނޭޓް ކުރި ދިޔަ ގަނޑުތެރެއަށް ލައި ތެންމާލުމަށްފަހު އަނެއްކާވެސް ފުށަށް ލައި ރަނގަޅަށް ފައިގައި ފުށް އުނގުޅާލާށެވެ. އެއަށްފަހު އުނދުން މައްޗަށް ތެޔޮ އުދައި އެ ހޫނު ވުމުން ކުކުޅު ފައި އެއަށް އަޅާށެވެ. މަޑު ގިނީގައި ކުކުޅު ފައި ކޮޅު ރޯ ފިލަންދެން ތެލުލާލާށެވެ.

މިގޮތަށް ތައްޔާރު ކުރާ ކްރިސްޕީ ޗިކަން، ޗިކަން ޑިޕިން އާއި، ސެލެޑް އަދި ފްރެންޗް ފްރައިސް އާއި އެކު ކާލާއިރު ވަރަށް މީރުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް