އެސްޓްރޮނޯޓް ހައިޑެމަރީ—ފޮޓޯ: ވޮއިސް
ހަބަރު
09 Oct 2022 | 05:40
ރާއްޖެ ފާހަގަވެފައިވަނީ ޖައްވީ ކަންކަމަށް ޝައުޤުވެރިކަންހުރި ބައެއްގެ ގޮތުގައި: އެސްޓްރޮނޯޓް ހައިޑެމަރީ

ނާސާގެ އަންހެން އެސްޓްރޮނޯޓެއް ކަމަށްވާ ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ މިހަފްތާގެ ތެރޭގައި ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ހަމައެކަނި ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއު ވަނީ ވޮއިސްއަށް ދެއްވާފައެވެ.

ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ނާސާއާ ފުރަތަމަ ގުޅިފައިވަނީ 1996ވަނަ އަހަރުއެވެ. އަދި އެސްޓްރޮނޯޓެއްގެ ގޮތުގައި ޖައްވަށް ފުރަތަމަ ދަތުރުކޮށްފައިވަނީ 2006ވަނަ އަހަރުއެވެ.

ވޮއިސްގެ ފަރާތުން ފުރަތަމަ ޖައްވަށްކުރި ދަރުތު ވެގެން ދިޔައީ ކޮންކަހަލަ ތަޖުރިބާއަކަށްތޯ ސުވާލުކުރުމުން ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ބުނެފައިވާގޮތުގައިފުރަތަމަ ދަތުރަކީ ވަރަށް އާ ތަޖުރިބާއަކަށްވުމުން ވަރަށް އާދަޔާޚިލާފު އުފަލެއް ލިބުނު ކަމަށެވެ. އަދި ޖައްވަށް ލޯންޗުކުރުމަށް ކުރިން ހަމަޖެހިފައިވާ ތާރީޚަކީ މޭ 2003އަށްވީ ނަމަވެސް ކޮލަމްބިއާ އެކްސިޑެންޓްގެ ސަބަބުން ލަސްވެގެންދިއުމާއެކު، ދުވަސްތަކަކަށްފަހު މިޝަން ކާމިޔާބުކަމާއެކު ފެށުމުން އުފާވިކަމަށް ހާމަކުރިއެވެ.

ކޮލަމްބިއާ އެކްސިޑެންޓަކީ 2003ވަނަ އަހަރު ފެބްރުއަރީ މަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއެކެވެ. މި އެކްސިޑެންޓުގައި ސްޕޭސް ޝަޓްލް ހަލާކުވެ 7 އެސްޓްރޮނޯޓުންވަނީ މަރުވެފައެވެ.

ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ނާސާގައި މަސައްކަތްކުރި ދުވަސްތަކުގައި ޖުމްލަ 27 ދުވަސްވަނީ ޖައްވުގައި ހޭދަކޮށްފައެވެ. އަދި 33 ގަޑީރާއި 42 މިނެޓު ޖައްވުގައި (ސްޕޭސްކްރާފްޓުން ބޭރުގައި) ހިނގާފައިވެއެވެ. ނާސާގެ މަސައްކަތްތަކުން ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ރިޓަޔަރ ކޮށްފައިވަނީ 2009ވަނަ އަހަރުގައެވެ.

ނާސާގައި މަސައްކަތްކުރި ދުވަސްތަކުގައި އެންމެ ގަޔާވީ ތަޖުރިބާއަކީ ކޮބައިތޯ އެހުމުން ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ބުނެފައިވަނީ ސްޕޭސްކްރާފްޓްގެ ކުޑަދޮރުން ދުނިޔެ ބަލާލަން ހުރެވުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އަދި ޖައްވުގައި ހުރެފައި ބަލާއިރު ދުނިޔެ ފެންނަލެއް ނޫކުލަ ގަދަކަން އެއީ އެންމެ އަޖާއިބުކުރުވި މަންޒަރުކަމަށެވެ. އަދި މިގޮތަށް ނޫކުލަ ގަދަކޮށް ފެންނަނީ ދުނިޔޭގެ ގުރަހައިގައި ފެން ގިނަކަމަކުންކަމަށެވެ. ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ އިތުރަށް ބުނިގޮތުގައި މީގެ ކުރިން އާދަވެފައިހުރީ ޗާޓަކުން ދުނިޔޭގެ ފޮޓޯތަށް ފެނުންކަމުގައިވިޔަސް މިގޮތަށް ޖައްވުން ހަމަލޮލަށް ދުނިޔެ ފެނުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ރާއްޖޭގެ ސްޕޭސް ޕްރޮގްރާމެއް ފެށުމާމެދު ޚިޔާލު އޮޅުންފިލުވާލުމުން ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ބުނެފައިވަނީ ރާއްޖެ ފާހަގަވެފައިވަނީ ޖައްވީ ކަންކަމަށް ޝައުޤުވެރިކަންހުރި ބައެއްގެ ގޮތުގައި ކަމަށެވެ. ފުރަތަމަ ސެޓެލައިޓެއް ލޯންޗުކުރުމުން ފެށުމަށްފަހު، ކާމިޔާބުކަމާއެކީ އެކަން ގޮއްސިނަމަ ކުރިއަށްއޮތްތާ އިތުރު މިޝަންތައް އަންނާނެކަމަށް ބެލެވޭކަމަށާއި ޖައްވަށް ދިވެއްސަކު ދިއުމަކީވެސް ފެނިގެންގޮސްދާނެ ކަމެއް ކަމަށް ދެކޭކަމަށް ހާމަކުރިއެވެ.

ރާއްޖޭގައި ޖައްވީ ކަންކަމަށް ޝައުޤުވެރިކަންހުރި ދަރިވަރުންނަށް ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ދިން ނަސޭޙަތަކީ ކިޔެވުމަށް އިސްކަން ދިނުމެވެ. ސަބަބަކީ ނާސާފަދަ އޭޖެންސީތަކުގައި ޖައްވީ ކަންކަމަށް މީހުން ނަގާއިރު ބަލާ ކަންކަމަކީ ސްކޫލާއި ޔުނިވާރސިޓީގައި ހާސިލުކުރި ތަޢުލީމަށް ކަމަށްވާތީއެވެ. ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ އިތުރަށް ބުނިގޮތުގައި ވަރަށް ގިނަ މީހުން އެސްޓްރޮނޯޓުންނަށް ވާން ބޭނުންވެއެވެ. ނަމަވެސް އެސްޓްރޮނޯޓަކަށް ވުމުގެ ދަތުރު ފެށޭނީ ސްކޫލް ދައުރުން ފެށިގެން ސައިންސަށް ހާއްސަ ޝައުޤުވެރިކަމެއް ދެވިގެންނެވެ. ނާސާގައި ޖައްވީ މަސައްކަތްތަކުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބެނީ ސައިންސާއި ގުޅުންހުރި ޓެކްނިކަލް މަސައްތްތަކަށް ކުޅަދާނަ މީހުންނަށް ކަމަށް ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ބުންޏެވެ.

ޖައްވަށް ދިއުމުގެ ތެރޭގައި މިހާތަނަށް ނުރައްކާތެރި އެކްސިޑެންޓްތައްވެސް ހިނގާފައިވެއެވެ. ކަންމިހެން އޮތްނަމަވެސް އެސްޓްރޮނޯޓުންނަކީ ޖައްވަށް ދިއުމުގެ މަސައްކަތުގައި ބައިވެރިވާން ކެރޭ ކުޅަދާނަ ބައެކެވެ. ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރއަށް މި ހިތްވަރު ލިބުނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނެފައިވަނީ ޖައްވީ މިޝަން ކާމިޔާބުކަމާއެކު ގެންދެވޭތޯ އެތައް ބަޔަކު އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކާމިޔާބު ކަމާއެކު މިޝަން ނިންމާލެވުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވުމަކީ މި މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރު ކަމަށެވެ.

ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރވަނީ މިހަފްތާތެރޭގައި ރާއްޖޭގެ ޖައްވީ ކަންކަމަށް ޝައުޤުވެރިކަންހުރި މީހުންނާއި ކުޑަކުދިންނާއި އެކި މަރުކަޒުތަކުގައި ބައްދަލުކޮށްފައިވެއެވެ. ރާއްޖޭގެ ރައްޔިތުންގެ ފަރާތުން މިދުވަސްތަކުގައި ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާކަމަށް ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ހާމަކުރިއެވެ. އެގޮތުން ބައެއް ކުޑަކުދިން އެސްޓްރޮނޯޓް ހެދުމުގައި އައިތަން ފެނުނުކަމަށާއި ބައެއް ކުދިން ކުރަހާފައިވާ ޖައްވުގެ މަންޒަރުތައް ފެނުމުން ވަރަށް އުފާވިކަމަށް ހައިޑެމަރީ ސްޓެފަންޝީން ޕައިޕަރ ބުންޏެވެ. އަދި މިހުރިހާ ކަމަކުން ދޭހަވީ ރާއްޖޭގެ މީހުން ޖައްވީ ކަންކަމަށް ޝައުޤުވެރިކަން ހުރި މިންވަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ