ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކްލިނިކެއް ހިޔާ ފްލެޓްގައި ހުޅުވައިފި

ނަފްސާނީ ބަލިތަކަށް ހާއްސަކޮށް ހިޔާ ފްލެޓުގައި ހުޅުވުނު ކްލިނިކް

ނަފްސާނީ ބަލިތަކަށް ޚާއްސަ ފަރުވާދޭ ކްލިނިކެއް ހިޔާ ފްލެޓްގައި ހުޅުވައިފި އެވެ.

ނަފްސު ސައިކޮލޮޖިކަލް ސާވިސަސް ގެ ނަމުގައި ހުޅުވި މި ކްލިނިކް ހުޅުވާފައިވަނީ ހިޔާ 11 ވަނަ ފްލެޓުގައެވެ. 

އެޗްޑީސީން ބުނީ އެ ކްލިނިކް އާންމުކޮށް ހުޅުވައި އާންމުނަށް ޚިދުމަތްދޭން މިހާރު ފަށާފައި ކަމަށެވެ. މި ކްލިނިކަކީ ނަފްސާނީ ބައްޔަށް ޚާއްސަ ފަރުވާދޭ ކްލިނިކެކެވެ.

އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ހިޔާ ފްލެޓްތަކުގައި ފިހާތަކާއި ކްލިނިކްތަކެއްވެސް ވަނީ ހުޅުވާފައެވެ.

Advertisement

ކޮމެންޓް