އަންހެން މީހާ ބަންދުކޮށްފައި ހުރި ކަމަށް ބުނާ ކޮންޓެއިނަރު ހުރި ތަނުގައި ފުލުހުން ހަރަކާތްތެރިވަނީ. (ފޮޓޯ/ޕީއައިއެލްސީ)
ހަބަރު
14 Oct 2022 | 15:54
ހުޅުމާލޭގައި ކޮންޓޭނާއެއްގައި އަންހެނަކު ބަންދުކޮށްގެން ހަފްތާއެއް ވަންދެން ގެންގުޅެފި

ހުޅުމާލޭގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި ބަންދުކޮށްގެން އަންހެނަކު ގެންގުޅެފައިވާ ކަމަށް ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބުނެފި އެވެ.

މި މައްސަލައިގެ މައުލޫމާތު އިއްޔެ މީޑިއާތަކާ ހިއްސާކުރީ ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ)ންނެވެ.

ޕީއެލްސީ އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްކުރާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ބިދޭސީ މުވައްޒަފަކު ހަތް ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅުނު ކަމަށެވެ. އަދި ބަންދުކޮށްގެން ގެންގުޅުނީ 32 އަހަރުގެ ޗައިނާ އަންހެނެއް ކަމަށް ވެސް ބުނެފައިވެއެވެ. 

ޕީއައިއެލްސީން ބުނާ ގޮތުގައި އޭނާ ކޮންޓެއިނަރެއްގެ ތެރޭގައި ބަންދުކުރީ އެ ތަނުގައި މަސައްކަތް ކުރާ ޗައިނާގެ އެހެން އަންހެނަކާ އެކު ހިނގި ދެބަސްވުމަކަށް ފަހުއެވެ. ކޮންޓެއިނަރުގެ ތެރޭގައި ކުޑަ އެނދަކާއި ފާހާނާ ކުރަން އެއްޗެއް ބަހައްޓާފައި ހުރުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެއެވެ. ބަންދުގައި ހުރި މީހާއަށް ކާން ދިނީ މީލް ޕެކް ކަމަށާއި ބޯނެ ފެން ވެސް ދިނީ ވަރަށް މަދުން ކަމަށް ޕީއައިއެލްސީން ބުނެއެވެ.

އަންހެން މީހާ ކޮންޓޭނަރުގެ ތެރޭގައި ބަންދުކޮށްފައި ހުއްޓާ ސަލާމަތްވީ ކޮންޓެއިނަރުގައި ހުރި ކުޑަދޮރެއް ފަދަ އެއްޗެއް ހަލާކު ކޮށްލައިގެން ކަމަށް ވެސް ޕީއައިއެލްސީން ބުނެފައިވެ އެވެ. އަދި އެ މީހާ ސަލާމަތްވުމާ އެކު އޭނާ އެންމެ ފުރަތަމަ ވެސް ދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ކަމަށާ،ނަމަވެސް، އެ ސްޓޭޝަނަށް ގޮސް މައްސަލަ ރިޕޯޓުކޮށް، ރައްކާތެރިކަން ދޭން އެދުމުގެ ބަޔާނެއް ހޯދުމަށް ފަހު ފޮނުވާލީ ކަމަށްވެސް ޕީއައިއެލްސީން ބުނެއެވެ.

އަދި ޖެހިގެން އައި ދުވަހު އޭނާ އެ ސްޓޭޝަނަށް ދިއުމުން ވެސް ކަންކުރީ މިގޮތަށް ކަމަށް އޭނާ ތުހުމަތު ކުރާ ކަމަށާ، އެ ފަހުން އޭނާ ހުޅުލޭ ފުލުހުންނާ މައްސަލަ ހިއްސާކުރުމުން، މަސައްކަތްތެރިިޔާ ބަންދުކުރި ތަނަށް ގޮސް މައުލޫމާތު ނެގި ކަމަށްވެސް އޭނާ މައުލޫމާތު ދީފައިވާ ކަަމަށް ޕީއައިއެލްސީން ބުނެފައިވެއެވެ. އަދި އޭނާ ބަންދުގައި ގެންގުޅުނު މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ.

ޕީއައިއެލްސީން ތުހުމަތު ކުރާ ގޮތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ބީޔޫސީޖީން މުވައްޒަފުން ގެންގުޅޭ ކަމަށެވެ. އެގޮތުން އެ ސެންޓަރުން ބުނި ގޮތުގައި، ބީޔޫސީޖީން މުވައްޒަފުން ގެންގުޅެނީ ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ ކުންފުންޏަކާ އެގްރީމަންޓު ހަދައިގެންނެވެ. މިއީ ރާއްޖޭގެ ގާނޫނުތަކުން މަސައްކަތްތެރިންނަށް ލިބިދޭ ހިމާޔަތް ގެއްލިގެންދާނެ ފަދަ ގޮތަކަށް، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާ އަމަލެއް ކަމަށް ޕީއައިއެލްސީން ބުންޏެވެ. މިއީ ވެސް މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފު ކަމެކެވެ.

ކޮމެންޓް
މުހައްމަދު
ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި ގުޅުން އޮވެއްޖެއްޔާ ނުބެލޭނެ!. މިހާރުވެސް ބިދޭސީން ލައްވާ ގިނަ ވަގުތު ނުރައްކާތެރި މަސައްކަތް ކުރުވާ. އެކަން ބަލާނެ ގޮތާއި ބިދޭސީން ގެންގުޅޭ މީހާ ޒިއްމާދާރު ކުރެވޭނެ ނިޒާމެއް ނެތް.
14 Oct 2022
ޞޫބު
މިހާރު ތިކަން ކުރަނީ ސީދާ ފައްޔާޒުގެ ގެންގުޅޭ ބަންގާޅީންގެ ބެލުމުގެ ދަށުން
14 Oct 2022
ރީމާ
ފުލުހުންނަށް ވަނީ ކޮންކަމެއްތޯ ހިތައް އަރާ ހިސާބަށް ކަންތައްތައް ހިންގައްޖެ
15 Oct 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.