ހެއްކާއި ބެހޭ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ދައުރު
ހަބަރު
17 Oct 2022 | 13:20
މަސްދަރު ހާމަކުރުން ހައިކޯޓަށް ލާޒިމް ކުރެވޭ އިސްލާހެއް!

މަސްދަރު ހާމަކުރަން ލާޒިމު ކުރެވޭނީ ހައިކޯޓަށްކަމަށް ބަޔާންކޮށް ހެއްކާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ. 

ހެއްކާއި ބޭހޭ ގާނޫނުގައި މިހާރު އޮތް ގޮތުންނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭ މައްސަލަތަކުގައި ދަށު ކޯޓަށް ޝަރީޢަތުގެ މަރުހަލާގައި ނޫސްވެރިންނާއި ނޫސްތަކަށް މަސްދަރު ހާމަކުރުން ލާޒިމުކުރެވޭނެއެވެ.

އެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮތީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެ މީހާ އަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ގާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހުގައި ވާގޮތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުގެ ބާރު އޮންނާނީ ހައިކޯޓަށެވެ.

އަދި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ހައިކޯޓުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދޭ ހާލަތުގައި ޕީޖީ އޮފީހުން އެފަދަ އަމުރަކަށް އެދޭ ސަބަބާއި އެ ސަބަބުތަކާ ގުޅޭ ހެކިތައް ކޯޓަށް ހުށަހެޅުން މިހާރު އޮތް އިސްލާހުގެ ދަށުން ލާޒިމުވާނެއެވެ.

އެގޮތުން އެފަދަ އަމުރެއް ނެރެން އެދޭނަމަ، ޖުމްލަ 6 ކަމަކަށް ރިއާޔަތް ކުރަން ޖެހޭނެކަމަށް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. 

އޭގެތެރޭގައި ޓެރަރިޒަމުގެ ކުށެއް ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަމާއި، އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ހިނގަމުންދާ ޝަރީޢަތުގެ ދައުވާއާ ސީދާ ގުޅުންހުރި އެ ދައުވާއަށް ކޮންމެހެން މުހިއްމު މައުލޫމާތެއްކަން ސާބިތުވާންޖެހޭކަން ބަޔާންކޮށްފައިވެއެވެ. 

އެ މައުލޫމާތެއް ހާމަނުކުރުމުގެ ސަބަބުން ދަށު ކޯޓުގައި ކުރިއަށްދާ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އިންސާފުވެރިނޫން ހުކުމެއް ކުރުމުގެ ނުވަތަ އޭނާއަށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު އޮތް މިންވަރާއި، ނޫސްވެރިޔައަށް މައުލޫމާތު ދިން މީހަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ލިބިދާނެ ގެއްލުމާއި ކޮށްފާނެ ނޭދެވޭ އަސަރަށްވެސް ކޯޓުން ރިއާޔަތްކުރުން ލާޒިމުވާނެކަންވެސް ބަޔާންކޮށްފައިވެއެވެ. 

ހަމައެހެންމެ، ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަން މެދުވެރިނުކޮށް އެ މައުލޫމާތު ދިން މީހަކީ ކާކުކަން އަންގައިދޭނެ މައުލޫމާތު ހޯދަން ކުރެވެންހުރި މަސައްކަތް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މައުލޫމާތު އެނގިފައިނުވުމާއި، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އާންމުންނަށް ހަގީގަތްތަކާއި ރައުޔު ފޯރުކޮށްދިނުމަށް އޮތް އާންމު މަސްލަހަތަށާއި، އެ މަޤުސަދަށްޓަކައި ހަގީގަތްތަކަށް ވާސިލުވާން ނޫސްވެރިންނަށް ފުރުސަތު އޮތުމުގެ އާންމު މަސްލަތަށް އަތުވެދާނެ އުނިކަމަށް ކޯޓުން ރިއާޔަތް ކުރަން ޖެހޭނެކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފައެވެ. 

އެ އިސްލާހުގައި ވަނީ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަންވެސް ބަޔާންކޮށްފައެވެ. އެގޮތުން ޓެރަރިޒަމުގެ ކުށަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ ބާބުގައި ޓެރަރިޒަމުގެ ކުށްތައް ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ގޮތުގައި އެ އިސްލާހުގައި މާނަކޮށްފައިވެއެވެ.

ހެއްކާއި ބެހޭ ގާނޫނަށް އަނެއްކާވެސް އިސްލާހު ހުށައަޅާފައިވާއިރު، މި ގާނޫނު ތަސްދީގު ކުރުމަށް މަޖިލީހަށް ހުށައެޅި ބިލު އެގޮތަށް ފާސް ނުކުރުމަށް ގޮވާލާ ނޫސްވެރިން ވަނީ އަޑުއުފުލާފައެވެ. އަދި އެ އިސްލާހުގެ ސަބަބުން ނޫސްވެރިކަމުގެ ހައްގަށް އުނިކަން ލިބޭކަންވެސް ފާހަގަކޮށްފައިވެއެވެ. 

އެއާއެކުވެސް މަޖިލީހުން އެ ބިލު ފާސްކޮށް، އެފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު ތަސްދީގުވެސް ކުރައްވާފައެވެ. 

އަލުން އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވަނީ، އެ ގާނޫނުގައިވާ ކަންކަމުގެ ސަބަބުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވުމަށްފަހު، އެ ބިލާއި ދެކޮޅަށް ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއްވެސް ހުށައަޅާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް