އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ހަބަރު
18 Oct 2022 | 15:58
ވޯލްޑް ކަޕް ބޮޑުއަގުގައި މީޑީއާނެޓަށް: "ބްރޯޑްކޮމް ކޮންޓްރޯލް ކުރަނީ ފައްޔާޒްކަން އެނގޭ"

ބްރޯޑްކާސްޓް ކޮމިޝަން ކޮންޓްރޯލް ކުރަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.

ތޯރިގު މިފަދައިން ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ. އެ ގަރާރަކީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.

އެ ގަރާރުގައިވާ ގޮތުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވައިދެކެވެ.

އެ ގަވައިދު ހެދުމާ އެކު އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ދިރާގުގެ ލައިސަންސް ބާތިލް ވާނެ އެވެ.

"އަޅުގަނޑުމެނަށްވެސް އެނގޭ ބްރޯޑްކާސްޓިންގ ކޮމިޝަން ކޮންޓްރޯލް ކުރަނީ މިނިސްޓަރ ފައްޔާޒްކަން. މީގަނެތް އިތުރަށް ފޮރުވާނެ އެއްޗެއް" 

މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދަޅުވިއެވެ.

ތޯރިގު މި ގަރާރަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނި މި މައްސަލާގައި ބްރޯޑްކާސްޓިންގ ކޮމިޝަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގައި މި ގަރާރަށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ކޭބަލް ހިދުމަތް ދެމުން އަންނަ ކުދި ވިޔަފާރިތައް ނައްތާލަން މީޑީއާނެޓުން ކުރަމުން އަންނަ މަސައްކަތް ހުއްޓުވަން ގޮވާލާފައެވެ. އަދި މިކަން ކަމަށް ހައްލު ގެނައުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހެކަމަށް ވެސް މެންބަރުން ވިދާޅުވެފައިވެއެވެ. 

ތޯރިގު އިތުރަށް ވިދާޅުވިގޮތުގައި ފައްޔާޒްގެ ނުފޫޒު ފޯރުވާ ބްރޯޑްކޮމްއިން މީޑިއާނެޓް ދެކެނީ ކުޑަ ވިޔަފާރިއެއްގޮތުގައި ކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި ބްރޯޑްކޮމް ވަނީ މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިކަން ފާހަގަކޮށްލަންޖެހެއެވެ. 

ރާއްޖޭގައި އާންމުންގެ ހާއްސަ ޝައުގުވެރިކަން ހުންނަ އިވެންޓްތައް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސަން ބްރޯޑްކާސްޓް ކުރުމުގެ ގަަވައިދުގެ ދަށުން ކަނޑައަޅާ އިވެންޓްތަކުގެ ލިސްޓުގައި މީގެ ކުރިން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިމެނިޔަސް، އެ ގަވައިދަށް ބަދަލު ގެނެސް، ވޯލްޑް ކަޕްގެ ފުރަތަމަ މެޗާއި ފައިނަލް މެޗު އެކަނި ހިމަނައިފި އެވެ. މި ގަވައިދު ބަދަލު ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.