މެމްބަރު ނިހާދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
18 Oct 2022 | 22:04
އެފްކޯންސްއިން އައްޑޫގައި ހަދާ މަގުތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ ރައްޔިތުން ކުރޭ: ނިހާދު

އިންޑިއާގެ އެފްކޯންސް ކުންފުނިން އައްޑޫ ސިޓީގައި ހަދަމުންދާ މަގުތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. 

ނިހާދު މިފަދައިން އެކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ހަދާ މަގުގެ ކޮލެޓީ ދަށްކަން ފާހަގަކޮށް ރައްޔިތުން އިންތިހާއަށް ޝަކުވާ ކުރަމުންދާކަމަށެވެ. 

އައްޑޫ ސިޓީގައި މަގު ހެދުމުގެ މަޝްރޫއަކީ އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއަކަށް ވާއިރު، އެފްކޯންސް ކުންފުނިން އެ މަސައްކަތް ކުރަމުންދަނީ ރަނގަަޅަށްތޯ ބެލުމަށް އާދޭހާއެކު ދަންނަވާކަމަށް މެމްބަރު ނިހާދު ވަނީ ވިދާޅުވެފައެވެ. 

ނިހާދުގެ އެ ޓްވީޓުަގައި ޕްލޭނިން މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެފްކޯންސް ކުންފުނީގެ ޓްވިޓާ އެކައުންޓުވެސް ވަނީ ޓެގުކުރައްވާފައެވެ. 

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 21 ފެބުރުވަރީ 2021 ވަނަ ދުވަހު އެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ އަގަކީ 77،630،898 (ހަތްދިޔަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށް ސަތޭކަ ނުވަދިޔަ އަށް) އެމެރިކާ ޑޮލަރެވެ. އެއީ 1،197،068،447.16 ބިލިއަން ދިވެހި ރުފިޔާ (އެއް ބިލިއަން އެއް ސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސްދޮޅަސް އަށް ހާސް ހަތަރު ސަތޭކަ ސާޅީސް ހަތް ދިވެހި ރުފިޔާ ސޯޅަ ލާރި) އެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅި، އިތުރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމުލަ 3.4 ކިލޯމީޓަރުގެ މަގުގެ ރީސަރފޭސިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު ހަތަރު ލޭންގެ ޑީޓުއަރ ލިންކް ރޯޑެއްވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

އެހެން ނަމަވެސް، އައްޑޫގައި އެފްކޯންސް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫގެ ތެރެއިން އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ވަރަށް ފަރިވާކުޑަކޮށްކަން ރައްޔިތުން ފާހަގަކުރަމުންދާތީ އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވަނީ ނުރުހުން ފާޅުކުރައްވާ، އެ މީހުންގެ މަސައްކަތް މޮނިޓާކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްކުރުމަށް އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.