ވަޅޯމަސް ސްޕެގެޓީ
ލައިފްސްޓައިލް
22 Oct 2022 | 05:34
މިއޮތީ ރަހަމީރު ވަޅޯމަސް ސްޕެގެޓީ ތައްޔާރު ކުރާނެ ގޮތް!

ސްޕެގެޓީއަކީވެސް ކެއުމަށް ވަރަށް ކަމުދާ އެއްޗެއް ކަަމަށް ބުނާ މީހުން މަދެއް ނޫނެވެ. ކިޔުންތެރީންނަށް މިފަަހަރު މި ހިއްސާ ކޮށްލަނީ ވަޅޯމަސް ސްޕެގެޓީ ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

250 ގްރާމް ސްޕެގެޓީ

1 ޖޯޑު ކުދިކޮށް ކޮށާފައިހުރި ވަޅޯމަސް

8 ލޮނުމެދު

¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

6 ހިކަނދިފަތް

2 ސައިސަމުސާ ރާޅުކޮށް މުގުރާފައި ހުންނަ ބާވަތުގެ ހިކިމިރުސް

½ ޖޯޑު ސަންޑްރައިޑް ޓޮމާޓޯ (ނެތިއްޔާ ބޭނުން ނުކުރިޔަސް ރަނގަޅުވާނެ)

¼ ޖޯޑު ކުދިކޮށް ކޮށާފައިހުރި ތާޒާ ކޮރިއެންޑަރ ފަތް

12 އޮލިވް

2 ސައިސަމުސާ އޮއިސްޓަރ ސޯސް

6 ޖޯޑު ފެން

4 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

½ މޭޒުމަތީ ސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

ހަދާނެގޮތް:

ތެއްޔަކަށް ފެންކޮޅު އަޅާލުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ފެންގަނޑު ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. ފެން ގަނޑު ކެކިގަތުމުން ސްޕެގެޓީއާއި ލޮނުކޮޅު ފެންގަނޑުގެ ތެރެއަށް އަޅާށެވެ. ސްޕެގެޓީކޮޅު މަޑުވެލަންދެން ކައްކާށެވެ. ސްޕެގެޓީކޮޅު ކައްކާނީ އެއްކޮށް މަޑުވެ ޗަސްވާ ވަރަކަށް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ހަފާލެވޭ ވަރަށެވެ.

ސްޕެގެޓީކޮޅު ފެންގަނޑުގެ ތެރެއިން ނަގާށެވެ. އަދި ސްޕެގެޓީ ކެއްކި ފެންގަނޑުގެ ޖޯޑެއް ހާވަރު ނަގާފައި ފަހުން ބޭނުން ކުރަން ބަހައްޓާށެވެ. ލޮނުމެދުކޮޅު ކުދިކޮށް ތުނިކޮށް ކޮށާލާށެވެ. އަދި އޮލިވްތައްވެސް ދެފަޅި ކޮށްލާށެވެ.

ގިތެޔޮ މިރުސްވެސް ތުނިކޮށް ކޮށާލާށެވެ. އަދި ސަންޑްރައިޑް ޓޮމާޓޯ ބޭނުންކުރާނަމަ އެވެސް ކުދިކޮށް ކޮށާލާށެވެ. ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު އޭގެ ތެރެއަށް ލޮނުމެދު ކޮޅާއި ހިކަނދިފަތް ކޮޅާއި ގިތެޔޮ މިރުސްކޮޅު އަޅާށެވެ. ލޮނުމެދު ކޮޅުގެ ކުލަ ބަދަލުވާން ފަށާއިރަށް ވަޅޯމަސްކޮޅާއި ހިކިމިރުސްކޮޅު އަޅާށެވެ. ރަނގަޅަށް އެއްކުރަމުން ދެތިން މިނެޓެއް ހާއިރު ކައްކާލާށެވެ. ތެލީގެ ތެރޭގައިވާ ތަކެތި ހުރީ މާހިކި ކޮށްހެން ހީވާނަމަ ސްޕެގެޓީ ކައްކަން ބޭނުން ކުރި ފެންގަނޑުގެ އެތިކޮޅެއް ތެއްޔަށް އަޅާލާށެވެ. ދެން އޮއިސްޓަރ ސޯސްކޮޅާއި ކޮރިއެންޑަރއާއި އޮލިވްކޮޅު ތެއްޔަށް އަޅާށެވެ.

އަނެއްކާވެސް ހުރިހާ އެއްޗެއް އެއްކުރަމުން ދެތިން މިނެޓު ކައްކާލާށެވެ. ދެން ކުރިން ކެއްކި ސްޕެގެޓީކޮޅު ތެއްޔަށް އަޅައި އެއްކޮށްލާށެވެ. ތެލީގައިވާ ތަކެތި މާހިކިކޮށް ހުރިހެން ހީވާނަމަ އަނެއްކާވެސް ސްޕެގެޓީ ކައްކަން ބޭނުންކުރި ފެންގަނޑުގެ އެތިކޮޅެއް ތެއްޔަށް އަޅާލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.