ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ-- ފޮޓޯ/މަޖިލިސް
ހަބަރު
26 Oct 2022 | 14:41
6000 މުސާރައަށް ލިބޭ މީހާ ޖީއެސްޓީއަަށް ދައްކަން ޖެހޭނީ މަހަކު 140 ރުފިޔާ: ހުސައިން

ޖީއެސްޓީ ބޮޑު ކުރިއަސް ރައްޔިތުންނަށް މާބޮޑު ގެއްލުމެއް ނުވާނެ ކަމަށާ ބޮޑު ކުރެވޭ ޖީއެސްޓީއާއި އެކު މުސާރަ އަށް 6000 ރުފިޔާ ލިބޭ މީހަކު، ޖީއެސްޓީ އަށް ދައްކަންޖެހޭނީ މަހަކު 140 ރުފިޔާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ އާންމު ކޮމެޓީގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ، ޖީއެސްޓީ 6 އިންސައްތަ އިން 8 އިންސައްތައަށް ބޮޑު ކުރެވޭއިރު އެ ބޮޑުވެގެންދަނީ ކޮންމެ 1000 ރުފިޔާ އަކުން ގާތްގަނޑަކަށް 20 ރުފިޔާ ކަމަށެވެެ. 

"އަޅުގަނޑު ދެކޭ ގޮތުން ނަމަ ގާތްގަނޑަކަށް 6000، 7000 ރުފިޔާ ލިބޭ ފަރާތެއް މަހެއްގެ މައްޗަށް އެންމެ ގިނަ ވެގެން ޚަރަދުކުރަންޖެހޭނެ އަދަދަކީ 140 ރުފިޔާ. އެއީ މުޅި މަހުގެ ތެރޭގައި ޖީއެސްޓީ އަށް މި އިތުރު ވެގެންދާނެ އަދަދަކީ." 

މެންބަރު ހުސައިން މުހައްމަދު ދީދީ

މިއާއެކު ހުސައިން ވިދާޅުވީ، ޓީޖީއެސްޓީ 33 އިންސައްތަ އިތުރު ކުރާ ކަމަށް މަޓީ އިން ބުނާއިރު، ހަގީގަތުގައި އިތުރަށް އެހާ ބޮޑު ޕަސެންޓެއް ބޮޑު ނުވާކަމަށެވެ. އެގޮތުން، ހަގީގަތުގައި އޮތުރުވެގެން ދަނީ 300 ޑޮލަރު ނަގާ ރިސޯޓެއް ނަމަ، 12 ޑޮލަރު ކަމަށާ، 400 ޑޮލަރު ނަގާ ރިސޯޓެއް ނަމަ 16 ޑޮލަރު ކަމަށެވެ. އަދި 1000 ޑޮލަރުގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ޓީޖީއެސްޓީއަށް އެ ބޮޑުވާ އަދަދަށް ބަލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މެންބަރު ހުސެއިން އިތުރަށް ވިދާޅުވީ، ގެސްޓްހައުސް ތަކުގައި އާއްމު ރޭޓަކީ 40 ޑޮލަރު ކަމަށް ބުނާއިރު، އެތަންތަނުން ޖީއެސްޓީގެ ގޮތުގައި ދާ އަދަދު ދެ ޑޮލަރަށްވެސް ނާރާނެ ކަމަށެވެ. އެގޮތުން މިހާރު ޓީޖީއެސްޓީ އަށް ނަގަމުންދާ އަދަދަށް ޓީޖީއެސްޓީ ބޮޑުކުރުމުން އިތުރު ވާނީ 1.6 ޑޮލަރު ކަމަށެވެ. 

އެހެންކަމުން ޓީޖީއެސްޓީ ބޮޑު ކުރުމުން ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށް މަޓީ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނި ނަމަވެސް، އެވާހަކަ އަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށްވެސް ހުސައިން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.