ހޯޑެއްދޫ އޮޕަރޭޝަންގެ ތެރެއިން ހޯދި މަސްތުވާތަކެއްތި-- ފޮޓޯ: ސީޕީ
ހަބަރު
02 Nov 2022 | 19:14
ހޯޑެއްދޫ އޮޕަރޭޝަންގެ ތެރެއިން އިތުރު 69 ކިލޯ މަސްތުވާތަކެތި ހޯދައިފި

ގދ. ހޯޑެއްދޫގައި ފުލުހުން ހިނގަމުންދާ އޮޕަރޭޝަންގެ ތެރެއިން އެރަށާއި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއްގައި ވަޅުލާފައި ހުރި 69 ކިލޯގެ މަސްތުވާތަކެތި މިއަދު ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫތު ދެއްވަމުން ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހޯޑެއްދުއިން ފެނުނީ 13 ކިލޯގެ ހެރޮއިން ކަމަށެވެ. އަދި މިއަދު ހޯނޑެއްދުއާއި އެ ރަށާ ކައިރި ފަޅު ރަށަކުން 69 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެހެންކަމުން މި ދެ ދުވަހު ފެނުނު މަސްތުވާތަކެތީގެ އަދަދު 82 ކިލޯއަށް އަރާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި މެތެމްފެޓަމިން ކަަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ހޯޑެއްދޫގައި ފުލުހުން ހިނގަމުންދާ އޮޕަރޭޝަންގެ ތެރެއިން އެރަށު  ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން މިދިޔަ ހުކުރު ދުވަހު ވެސް ފުލުހުން ހާމަކުރި އެވެ. އަދި އެ ހޯދި މަސްތުވާތަކެއްޗަކީ ހޯޑެއްދޫ އިން ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ތެރެއން ހައްޔަރުގައި ހުރި އެކެއް ފޮރުވާފައިވާ ތަކެތި ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، އެދުވަހު ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަނެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.  

ހޯޑެއްދޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ރަޝީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައެވެ. އަދި އޭނާ ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާ އިން ބުނެފައިވަނިކޮށް، ޢާއިލާގެ ނުގަބޫލުގައި އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ވަނީ ހަށިގަނޑު އިންޑިއާ އަށް ފޮނުވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.