ޕީޕީއެމް ޕީޖީ ލީޑަރު ސަލީމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
07 Nov 2022 | 10:02
ނޫސްވެރިން ދޮގުހަދާ ވާހަކަ ދައްކަވާއިރު، މަޖިލީސް މެމްބަރުންވެސް ހަދަނީ ދޮގު: ސަލީމް

ނޫސްވެރިން ދޮގު ޚަބަރު ފަތުރާ ވާހަކަ މަޖިލީސް މެމްބަރުން ދެއްކެވުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ފާޑުވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެއްކާއި ބެހޭ ބިލަށް ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވަނީ މަސްދަރު ހާމަކުރުން ލާޒިމު ކުރެވޭގޮތަށް އެ ބިލު ފަރުމާކޮށްފައިވަނީ ބައެއް ނޫސްތަކުން ގައުމީ ބޮޑެތި މައްސަލަތަކުގައިވެސް ހަގީގަތާކއި ޚިލާފު ވާހަކަތައް ފަތުރާތީ އެކަން ހުއްޓުވުމަށް، ނުވަތަ އެކަން ކަށަވަރުކުރުމަށްކަމަށް ވިދާޅުވެފައެވެ. 

މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ސަލީމު ވިދާޅުވީ މަސްދަރު ހާމަކުރުން މަޖުބޫރު ކުރުވުމަކީ ބަހަނާއެއްކަމަށެވެ. އަދި އެފަދަ އެއްވެސް އުސޫލެއް ހެއްކާއި ބެހޭ ބިލުގައި އޮވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ނޫސްވެރިން ދޮގު ޚަބަރު ފަތުރާކަަމަށް ތުހުމަތުކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ކިހާ ތެދުވެރިކަމާއެކު ވާހަކަދައްކަވާ ބައެއްތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން ޖެހޭކަމަށް ސަލީމު ވިދާޅުވިއެވެ. އެއާއެކު އޭނާ ވަނީ ރައްޔިތުންގެ މަޖިލީސް މެމްބަރުންވެސް ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަފުޅުތައް ދައްކަވާކަމަށް ތުހުމަތުކުރައްވާފައެވެ. 

"މި މަޖިލީހުގައި ދައްކަނީ ތެދަށްތޯ ވާހަކަ؟ އަޅުގަނޑުމެން ނޫސްވެރިން ބައެއް އެއްޗެހި ގޯސްކޮށް ލިޔާ ވާހަކަ ދައްކާއިރު މި އިއްޒަތްތެރި މަޖިލީހުގައި ކިތައް މެމްބަރުންތޯ ތެދު ހަދައިގެން ވާހަކަދައްކަވަނީ؟ އަޅުގަނޑުމެން މިތަނަށް މި ގަވައިދު އިސްހާލުކުރަން ހުށައެޅިއިރުގައި، ތެދު ބަހުން ނޫން ގޮތަކަށް ވާހަކަ ނުދައްކަން ހުށައެޅީމާ އެ އިސްލާހުވސް ގައިމު ވަނީ ބޭރުކޮށްލާފަ. އެހެންވީމަ މިފަދަ ހާލުގައި، އަޅުގަނޑުމެން އެންމެ ފުރަތަމަ ތަބާވާން ޖެހޭ ބަޔަކީ މި އިއްޒަތްތެރި މެމްބަރުން ތެދުބަހުން ވާހަކަދައްކަން ދަސްކުރުން، އޭގެ ފަހުގައި ދެން ތިބި މީހުންނަށް އަޅުގަނޑުމެން ގޮވާލަން ޖެހޭނީ"

ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ސަލީމު 

ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ، އެ ބިލު އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ހުށައަޅާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމާއި ގުޅިގެންނެވެ. 

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް އޮތް އޮތުމާއި ބިލުގައި ޓެރަރިޒަމްގެ ކުށްތައް ބަޔާންކޮށްދެވިފައި ނެތުމެވެ. 

ނޫސްވެރިންގެ ކަންބޮޑުވުންތައް ހުށައަޅާފައިވަނިކޮށް ހެއްކާއި ބެހޭ ބިލު ތަސްދީގު ކުރެއްވުމަށްފަހު އަނެއްކާ އިސްލާހެއް ހުށައަޅާފައިވާއިރު، އެ އިސްލާހުގައި ވާގިތުން މަސްދަރު ހާމަކުރުމަށް ލާޒިމް ކުރެވޭނީ ހައިކޯޓަށެވެ. 

މިހާރު އެ ބިލު ހުށައަޅާފައިވާގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މާބޮޑު ފަރުވާއެއް ނުލިބޭނެކަން ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމާއި ދެކޮޅު މެމްބަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.