އަދުން ހުސެއިން މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
07 Nov 2022 | 11:22
"ވޯލްޑްކަޕާއި ދިމާކޮށް ޗެނަލަށް ފައިސާ ހޯދުމަށް "ބޭފުޅަކު" މެމްބަރުންނަށް ބިރުދައްކަން ފަށައިފި"

ވޯލްޑްކަމާއި ދިމާކޮށް ރާއްޖޭގައި ހިންގާ ވަކި ޓީވީ ޗެނަލަކަށް ފައިސާ ހޯދުމަށް "ބޭފުޅަކު" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކަމުން ދާ ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ތުހުމަތު ކުރައްވައިފިއެވެ. 

އަނދުން ހުސެއިން މިފަދައިން ތުހުމަތު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އޭނާގެ ވާހަކައިގައި ވަނީ ވޯލްޑްކަޕާއި ދިމާކޮށް ވަކި ބަޔަކަށް މަންފާވާގޮތަށް ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިސްލާހެއް ގެނެސްފައިވާކަން ފާހަގަކޮށްފައެވެ. އެ އިސްލާހު ބަދަލުކުރުވުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު އަދުން ހުސެއިން ވިދާޅުވީ އެ މަސައްކަތް މަޖިލީހުން ފެއްޓުމާއެކު ވަކި ޓީވީ ޗެނަލަކަށް ނިސްބަތްވާ ބޭފުޅަކު މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ އެ ޗެނަލަށް ފައިސާ ހޯދުމަށް ކަމަށް އަދުން ހުސެއިން ވަނީ ވިދާޅުވެފައެވެ. 

"ޗެނަލަށް ފައިސާ ދައްކަން ފެންނަ ކޮންމެ ރަހުމަތްތެރިއެއްގެ އަތުން ލާރިނަގަމުން ދުވާ މީހަކު އެބަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިތުހުރިހާ ނަމެއް ގޮވާ ބިރުދައްކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވާ" 

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން)

އަދުން ހުސެއިން ވިދާޅުވީ ރީ-ބްރޯޑްކާސްޓު ކުރުމުގެ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުގެ ދެ ކޮމެޓީއެއްގައި ކުރިއަށް ދާކަމަށެވެ. 

އެހެންކަމުން، މި މަސައްކަތް ކުރިއަށް ދާއިރު އެފަދަ ނުފޫޒުތަކާއި ބިރުދެއްކުމުން އެއްކިބާވެ ތިބި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ބަދަލުގައި އެކަންކަމަށް އެންމެ ގާބިލް ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ ގޮތަކަށް އިސްލާހުތައް ގެނައުމަށް މެމްބަރުންނަށް އަނދުން ހުސެއިން ވަނީ ގޮވާލައްވާފައެވެ.

ޤަތަރ ވޯލްޑްކަޕް 2022 ބޯމަތިވެފައިވަނިކޮށް މިދިޔަ ސެޕްޓެންބަރ މަހު 19 ވަނަ ދުވަހު, ބްރޯޑްކާސްޓަރުންނާއި, ރީ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި މުއައްސަސާ, ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޤަވައިދަށް ގެނައި ކުއްލި ބަދަލާއެކު ހިލޭ ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ބަންދުވެފައެވެ.

ދައުލަތުގެ މީޑިއާ އިން މީގެ ކުރިން ހިލޭ ދެއްކި ވޯލްޑް ކަޕްގެ ރައިޓްސް ގަންނަން ޕީއެސްއެމް އިން 333،000 ޑޮލަރު (5.4 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ.

ދައުލަތުގެ މީޑިއާއަށް ބޮޑު ޚަރަަދެއްކޮށްގެން ރައިޓްސް ގަތީ، ރާއޖެ ޓީވީއިން އެ ރައިޓްސް ގަތްތާ އެތައް ދުވަހެއްފަހުންކަން ފާހަގަކޮށްލެވެއެވެ. އޭރު އެ ހުއްދަ އޮތީ ހަމައެކަނި ރާއްޖެ ޓީވީއާއި އައިސް ޕްލަސްއަށެވެ. ޕީއެސްއެމްއިން ރައިޓްސް ގަތީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވޯލްޑްކަޕް ނުދައްކާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.