އެޗްޑީސީން ވެށިފަހި މާލޭ ފުލެޓް ތަކުގައި ކުލަ ލާފައި
ހަބަރު
08 Nov 2022 | 10:38
އެޗް.ޑީ.ސީ އިން ވެށިފަހިމާލެ ފުލެޓުތަކުގައި ކުލަލަނީ

ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ފުލެޓުތަކުގައި ކުލަ ލުމުގެ މަސައްކަތް އެޗްޑީސީން ފަށައިގެން ކުރިއަށްގެންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. 

އެޗްޑީސީން ބުނީ، ވެށިފަހިމާލެ ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އައުކުރުމެގެ މަސައްކަތް 23 އޮކްޓޯބަރ 2022 ވީ އާދީއްތަ ދުވަހުންފެށިގެން އެކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ކުލަލުމުގެ އިތުރުން ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫތު ދެއެވެ. 

އެޗްޑީސީން އިތުރަށް ބުނީ، މި މަސައްކަތް ހަތަރުމަސް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށާ ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދެވޭނެ ކަމަށެވެ. އަދި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ  ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށާ، އަދި އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ޖުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، ޢިމާރާތުގެ ޢާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ. 

މީގެއިތުރުން އެޗްޑީސީން ބުނީ، ނުނަގާ ނުވަތަ ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލައިފައިވާ ތަކެތި ކަމަށް ބަލައި، އެތަކެއްޗާއިމެދު އެ ކޯޕަރޭޝަނުން ފެންނަގޮތަކަށް އަމަލުކުރުމުގެ އިހުތިޔާރު އެ ކޯޕަރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އަދި މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ތަކެއްޗާއި، އެ ކޯޕަރޭޝަނުގެ ހުއްދައާއި ނުލާ ހައްދާފައިވާ ގަސްތައް ހިމެނޭ ގޮތަށް އެ ކޯޕަރޭޝަނުން އެއްކައިރި ކުރުމުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް ޒިންމާނުވާނެކަމަށެވެ. 

ވުމާއެކު، މިކަމަށް އާންމުންގެ ފަރާތުން އެއްބާރުލުން ދިނުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.