މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
08 Nov 2022 | 14:57
މިއަހަރުގެ ބަޖެޓާއެކު މާލޭގެ 5000 އާއިލާއަށް ގޯތި ކަށަވަރުވާނެ: މީކާއިލް

2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓާއެކު މާލޭގެ 5000 އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް މަޖިލީހުގައި ބަހުސްކުރަން މިއަދު ވަނީ ފަށައިފައެވެ. 

ބަޖެޓަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ. 

އެގޮތުން ހުޅުމާލެ އަދި ގިރާވަރު ފަޅުގައި 5،000 ގޯތި ރައްޔިތުންނަށް ދެވޭނެ ގޮތަށް ސަރުކާރުން މި ބަޖެޓުގައި ހިމަނާފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ބަޖެޓު ފާސްވުމުން، މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ޔަގީންވާނެކަން ފާހަގަކުރައްވާ މީކާއިލް ވަނީ އެކަމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މިފަހަރު ނިމޭނީ ލިސްޓަކަށް ނަންތައް އަރައިގެންނެއް ނޫން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ބަޖެޓު ފާސްވުމާއި އެކު މާލޭގެ ފަސްހާސް އާއިލާއަށް ގޯތީގެ ރަޖިސްޓްރީ ކަށަވަރުވާނެ ކަމަށް އަޅުގަނޑަށް ޔަގީންކުރެވޭ"

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް

މާލޭގެ ބޯހިޔަވަހިކަމުގައި ހުރި އެހެން މައްސަލަތަކަށް އަލިއަޅުއްވާލައްވާ މީކާއިލް ވަނީ ސިނަމާލެ އަދި މާލެ ހިޔާގެ ހާލަތަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެތަންތަނުގެ މަރާމާތަށް ވެސް ބަޖެޓުގައި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚާއްސަކޮށްފައިވާކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އެތަންތަން މަރާމާތު ކޮށްގެން އެކަނި ނުނިމޭނެ ކަމަށެވެ. އަދި އެކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހޭނެ ކަމެއްކަން މީކާއިލް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.