ހާދިސާ ހިނގި ސަރަހައްދުން މީހެއްގެ ހަށިގަނޑު ގެންދަނީ-- ފޮޓޯ/ވޮއިސް
ހަބަރު
13 Nov 2022 | 10:45
އަލިފާނުގެ ހާދިސާގައި ނިޔާވި 10 ވަނަ މީހާގެ ގައުމާއި ޖިންސު ދެނެގަނެވިއްޖެ: ފުލުހުން

ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ނިރުފެހިގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި ދިހަ ވަނަ މީހާގެ ޖިންސާއި ގައުމު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިއަދު ބުނީ، ނޮވެމްބަރު 10 ވަނަ ދުވަހުގެރޭ ދަންވަރު ގާތްގަނޑަކަށް 12:27 ހާއިރު މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ 10 މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެ ގަނެވިފައި ނުވާ މީހާގެ ގޮތް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. 

އެގޮތުން، އެމީހާ އަކީ އިންޑިއާ ފިރިހެނެއް ކަމަށާ، އެ ހާދިސާގައި ނިޔާވީ މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީ އާއި އެމްބަސީތަކަށް އަންގާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަދި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ ޢާއިލާއިން ހަށިގަނޑު، އެމީހުންގެ ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީ އާއި އެ ގައުމުތަކުގެ އެމްބަސީއާއި ގުޅިގެން ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަލިފާނުގެ ހާދިސާގައި ނިޔާވި 9 މީހުންގެ މައުލޫމާތު މީގެ ކުރިން ފުލުހުން އާއްމު ކޮށްފައިވާ އިރު، އެ މީހުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ 3 އަންހެނުންނާއި ހަތަރު ފިރިހެނުން ހިމެނެއެވެ. އަދި ބަންގްލަދޭޝް އަށް ނިސްބަތްވާ 1 އަންހެނަކާއި 1 ފިރިހެނެއް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.