ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
15 Nov 2022 | 11:30
މަޖިލިސް އިއްޔެ ނިއްމާލީ ގަވާއިދާ ހިލާފަކަށް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިއްޔެ ނިންމާލީ ގަވައިދާ ހިލާފަށް ނޫން ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސްތައް ބޮޑުކުރަން މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލަށް އިއްޔެ ވޯޓަށް އަހަން ތާވަލް ކުރުމަށްފަހު ބިލަށް ވޮޓު ލާން އަހަން އޮތް ދަނފަޅީގައި ވޯޓަށް ނާހާ އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ޖަލްސާ ނިންމަވާ ލެއްވީ ރައްޔިތުން މަޖިލީހުގެ ކޯރަމް ހަމަނުވާކަމަށް ބުނެއެވެ. 

އެހެން ނަމަވެސް ރިޔާސަތުން އެގޮތަށް އަމަލުކުރީ ގަވާއިދާ ހިލާފަށް ކަމަަށް ބުނެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން އެކަމާ ހިތް ހަމަ ނުޖެހިގެން ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވަނީ ރިޔާސަތުގެ ގޮނޑީގައި ވެސް އިށީންނަވާފައެވެ. 

އެކަމާއި ގުޅޭގޮތުން މިއަދުވެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ނިންމަން އޮތީ އެންމެ ގޮތެއް ކަމަށާ އެއީ ހަމްދު ކިޔުމަށް ފަހު "މަޖިލިސް ނިމުނީ" އޭ ރިޔާސަތުން ވިދާޅުވެ ޖަލްސާ ނިންމައިލިކަން އިއުލާން ކުރެއްވުން ކަމަށެވެ. 

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބަހުސް ނިމުމަށް ފަހު ވޯޓަށް އެހުމަށް ތިން ވަނަ ކިޔުން ކިޔާނެ ކަމަށެވެ. އިއްޔެ ތިން ވަނަ ކިޔުން ނުކިޔާތީ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން މަވޯޓާ ޝަރީފް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އިއްޔެ މަޖިލީހުގެ ރިޔާސަތު ބެލެހެެއްޓެވި އަފީފު ތިން ގޯހެއް ހެއްދެވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއްކަމަކީ ކޯރަމް ހަމައަށް އޮއްވައި ކޯރަމް ނެތް ކަމަށް ވިދާޅުވުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު މިފަދައިން ވިދާޅުވުމާއި އެކު ރައީސް ނަޝީދު ވަނީ އޭނާ އިއްޔެ ރިޔާސަތުގެ ގޮނޑީގައި އިށީންދެވަޑައިގަތްކަން ފެނިވަޑައިގަތް ކަމަށް ވިދާޅުވެ އެއީވެސް މ ގަވައިދާ އުސޫލުތަކާއި އަދި ހުރިހާ ހަމަތަކާ ހިލާފު ކަމެއް ކަމަށާ އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.