މެންބަރުން ރައީސް ޞާލިހާއިއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު-- ފޮޓޯ: ވޮއިސް
ހަބަރު
15 Nov 2022 | 22:30
ރައީސް ނަޝީދާއި ގުޅޭ ޝަކުވާތަކާއި އެކު މެންބަރުން ރައީސް ޞާލިހުގެ އަރިހަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާއި މެދު ނުރުހުން ފާޅުކޮށް އެކަމުގެ ޝަކުވާ އާއި އެކު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 26 މެންބަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ، އެ ބައްދަލު ވުމަކީ މަޖިލީހުގެ ތެރޭގަޔާއި ބޭރުގައިވެސް ރައީސް ނަޝީދު ކަންކުރަމުން އަންނަ ގޮތުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވުމާއި މެދު ރައީސް ޞާލިހާއި މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. 

މަވޯޓާ ޝަރީފް ވިދާޅުވީ، މީގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރުގެ ނެތް ކަމުގެ ވޯޓު ނަގަން އެ ޕާޓީގެ 44 މެންބަރުން އެއްބަސް ވެވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް، އެފަހަރުވެސް އެކަން ނުކުރެވުނީ، ޕާޓީގެ މަސްލަހަތަށްޓަކައި އަދި ރައީސް ނަޝީދަކީ ޕާޓީގެ ރައީސް ކަމަށް ވުމުން، އެކަން މަޑު ޖައްސާލެއްވުމަށް ރައީސް ޞާލިހު ދެންނެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.  

"އަޅުގަނޑުމެންނަށް މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމާއި، ޖެއްސުން ކުރުމާއި، ގަވާއިދާ ޚިލާފަށް ހިތުހުރި ގޮތަކަށް ކަންކަން ކުރައްވަމުންދާތީ އޭރުވެސް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އަޅުގަނޑުމެން ނިންމީ. އަޅުގަނޑުމެން އަތުގައި އެބައޮތް 44 މެންބަރުންގެ ސޮއި. ސާފު ސީދާ. އެއަށްވުރެ މާ ގިނަ ވޯޓުވެސް ލިބޭނެ. އެހެންނަމަވެސް އެދުވަހުވެސް ރައީސް ވިދާޅުވި ކަމަށް އިހްތިރާމް ކޮށްފައި، ޕާޓީގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ވާނީ އިހަށް ކެތްތެރިވެ މަޑު ކޮށްލިއްޔާ ކަމަށް ވިދާޅުވީމާ އަޅުގަނޑުމެން. އަނެއްކާވެސް މިއަދުވެސް އަޅުގަނޑުމެން ކެތް ނުވެގެން އަނެއްކާވެސް އެވާހަކަ ދަންނަވަން." މަވޯޓާ ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ މިއަދުވެސް ރައީސް ޞާލިހަށް ޝަކުވާ ދެންނެވުމުން އެމަނިކުފާނު ދެންނެވީ، އިހަށް އިތުބާރު ނެތްކަމުގެ ވޯޓު ނުނަގައި މަޑުކޮށްލުމަށް ކަމަށާ، އެ މައްސަލަ ހައްލު ކުރާނެ ގޮތެއް ހޯދުމަށް އެމަނިކުފާނު ވިސްނަވާނެ ކަމަށް ކަމަށެވެ. 

މިއާއެކު އޭނާ ވިދާޅުވީ، މެންބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ 2023 ވަނަ އަހަރުގެ ބަޖެޓާއި، އަދި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުމުގެ ކަންކަން ރައީސް ނަޝީދު ލަސްކުރައްވަމުން ދިޔުން ކަމަށެވެ. އެހެންނަމަވެސް، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބިލަށް ވޯޓު ލުމަށް ރައީސް ނަޝީދު ހުޅުވާލާނެ ކަމަށާ، އަދި މި ދައުރު ނިމުމުގެ ކުރިން ބަޖެޓަށް ވޯޓު ލުންވެސް ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ޞާލިހު ދެއްވާފައިވާ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.