އާސްކް ސްޕީކާރ--ފޮޓޯ: މަޖިލިސް
ހަބަރު
19 Nov 2022 | 12:18
ނަޝީދުގެ "އާސްކް ސްޕީކާ" ޑިސެންބަރު އެކެއްގައި

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި، ރައީސް ނަޝީދު ރާއްޖޭގެ ސިޔާސީ ކަންކަމުގައި ދެކިވަޑައިގަންނަވާގޮތް ހާމަކުރެއްވުމަށް ބާއްވަމުން އަންނަ "އާސްކް ސްޕީކާ" ސިލްސިލާގެ ހަވަނަ ޕްރޮގްރާމް ޑިސެންބަރު 1 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީގެ އިދާރާއިން އިންތިރާމްކޮށް ބާއްވާ މި ސިލްސިލާގައި ރައްޔިތުންގެ ސުވާލުތައް ސީދާ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ކުރުމަށް ހުޅުވާލެވޭނެއެވެ. 

މިފަހަރުގެ ޕްރޮގްރާމް ދިމާވަނީ ވޯލްޑްކަޕް ދުވަސްކޮޅާ ކަމުން މިފަހަރުގެ ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 2:15 ގައެވެ.

ކުރިން ޕީއެސްއެމްގައި ނަގަމުން އައި މި ޕޮރްގްރާމް މިފަހަރު ނެގުމަށް ހަމަޖެހިފައިވަނީ މަޖިލިސް އިދާރާގައެވެ. 

އާސްކްސްޕީކާ" ގެ ހަ ވަނަ ޕްރޮގްރާމް ބާއްވަން ނިންމާފައި މިވަނީ އެމްޑީޕީގައި ރަައީސް ނަޝީދާއި ރައީސް ސޯލިހްގެ ފެކްޝަނެއް އުފެދި ދެ ފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންދާ ވަގުތެއްގައެވެ. އެހެންކަމުން މި ޕްރޮގްރާމްގައި ރައީސް ޞާލިހްއަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވާނެކަމަށް ބެލެވެއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންބޮޑުވެ، ރައީސް ނަޝީދާއި، ރައީސް ޞާލިހްގެ ފެކްޝަން ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ދެމުންގެންދާއިރު، ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.