މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް--ފޮޓޯ/މަޖިލިސް
ހަބަރު
21 Nov 2022 | 11:25
މަހުގެ މިހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ: އާޒިމް

މަހުގެ މިހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ ކަމަށާ އެމީހުން ދިރިއުޅެމުންދަނީ ސަލާން ޖަހައިގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމަށްފަހު ބެޖެޓް ކޮމިޓީން ވަނީ އިތުރު އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެއާ އެކު ކޮމިޓީން ފާސްކުރި ބަޖެޓްގެ އަދަދަކީ 42.8 ބިލިއަން ރުފިޔާ އެވެ.

އަދި އިތުރު ހުށަހެޅުންތަކާއި، ރިކޮމެންޑޭޝަންތަކާއެކު ކޮމިޓީން ބަޖެޓު ފާސްކޮށް މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދަނީ އެ ދިރާސާ ރިޕޯޓާއި ބަޖެޓާއި ގުޅޭގޮތުން ބަހުސް ކުރުމެވެ. 

އެގޮތުން ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓްގެ ދިރާސާ ކުރާ ކޮމިޓީގެ ރިޕޯޓަކީ ދަޒުބާތުގައި ޖެހިގެންތިބެ، ހަގީގަތާއި ދުރަށް ޖައްސާލައި، ގައުމު ބަނގުރޫޓުވުމާއި ދިމާއަށް މިސްރާބު ޖަހާފައިވާ ރިޕޯޓެއް ކަމަށެވެ.

"ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން ކުރާ މަސައްކަތުގެ ނަތީޖާ ލ، އޭގެ ނުރަނގަޅު އަސަރު ހަގީގަތުގައި ދުވަސް ކޮޅެއްގެ ފަހުން ކުރާނީ. އެތަން ރައްޔިތުންނަށްވެސް އަޅުގަނޑުމެންގެ މެންބަރުންނަށްވެސް ފެނިގެންދާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." ޢާޒިމް ވިދާޅުވިއެވެ. 

އެއާއެކު އާޒިމްވަނީ މި ނޮވެމްބަރު މަސް ނިމެން ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު މުސާރައަށް މަސައްކަތް ކުރާ މީހެއް ކައިރިން ބާކީ މިމަހުގައި ބޭނުންކުރަން ހުރީ ކިހާ ފައިސާއެއްތޯ އަހައިފިނަމަ، މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. 

..މަދުމީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ. އަމިއްލަ ޒަރޫރީ ބޭނުނަށް. ދަރިފުޅަށް އެއްޗެއް ގަތުމަށް އޮތް ފައިސާކޮޅުވެސް މިހާރު ނެތި ހުސްވެ ގޮއްސި. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމީހުން އެދަނީ ރައްޓެހިން ކައިރީ އާދޭސް ކުރަމުން ހަގީގަތުގައި. ސަލާން ޖަހަމުން އެދަނީ. މި އަންނަ މަހުގެ މުސާރަ ލިބުނީމާ ތިމަންނަ ދޭނަމޭ ލާރިކޮޅެއް ދީބަލާށޭ."

މެންބަރު ޢަލީ އާޒިމް

އާޒިމް ވިދާޅުވީ ދިވެހިންގެ ހާލަތު މިހާރު ހުރީ އެ ހިސާބުގައި ކަމަށާ، އެހެންނަމަވެސް އެވަރަށް ވިސްނާލުމެއްނެތި އަދި ދިރާސާ ކުރުމެއްނެތި، މިހާ ހޮޑު ދަރަނި ބަޖެޓެއް މަޖިލީހުން ފާސްކުރަން ހުށަހަޅައި، އެ ބަޖެޓަށް ތާއީދުކުރާނީ ރައްޔިތުން ނިކަމެތިކޮށް ގައުމު ބަނގުރޫޓު ކުރަން ވިސްނާފައި ތިބި މީހުންކަމާއިމެދު ޝައްކެއްނެތް ކަމަށެވެ. 

ކޮމެންޓް
އިބްރާހިމް
ވަރަށް ރަނގަޅު ވާހަކައެއް ކޮންމެ ފަހަރަކު އެމްޑީޕީ ވެރިކަމާ ހަވާލުވެ ރައްޔިތުން ބިކަކޮއްލާ މިހާވަރަށް ރައްޔިތުން ގަޑަތެޅޭނީ
21 Nov 2022
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.