ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: މަޖިލިސް
ހަބަރު
21 Nov 2022 | 12:21
ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު

ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ އެކަށީގެންވާ މިންވަރަށް ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އެކުލަވާލި ބަޖެޓް ދިރާސާކޮށް ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު ވަނީ ބަހުސްކުރަން ފަށާފައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުންނަށް ބަހުސް ކުރެއްވުމަށް ފުރުސަތު އަރުވަމުން ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ މަދުވެފައިވާއިރު، ފައިސާ ހުރި ކަމަށް ބުނުމަކީ ކަނޑައެޅިގެން އޮޅުވާލުމެއް ކަމަށެވެ. 

"އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑު ފާހަގަކުރަން ޖެހޭ ނުކުތާއެއް އެބަވޭ. އެއީ، ދިވެހި ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާހުރި މިންވަރު. މިވަގުތު ދިވެހި ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްފައި ފައިސާހުރީ މަދުން" އެމަނިކުފާނު ފެއްޓެވިއެވެ.

އަދި މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން އެކަން ފާހަގަނުކޮށް ދޫކޮށްލުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށްބޮޑު އޮޅުވާލުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

“ކުރިއަށް އޮތް ހަފުތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އަޅުގަނޑުމެން މި މަޖިލީހުގައި އެެހެން ގޮތަކަށް ވާހަކަ ދައްކަމުން ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލެވޭ ވަރަށް ބޮޑު އޮޅުވައިލުމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމަށްފަހު ބެޖެޓް ކޮމިޓީން ވަނީ އިތުރު އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެއާ އެކު ކޮމިޓީން ފާސްކުރި ބަޖެޓްގެ އަދަދަކީ 42.8 ބިލިއަން ރުފިޔާ އެވެ. 

އެ ބަޖެޓުގެ ބޮޑުކަމާއި، އަދި ދަރަނި ބޮޑުކަމާއި ގުޅިގެން ރައީސް ނަޝީދު އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. 

ކޮމެންޓް
ހިނި އަންނަނީ
ކޮންބައެއްތަ އެކެއީ؟؟؟
21 Nov 2022
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.