ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
22 Nov 2022 | 10:39
ސަރުކާރުން ގާނޫނާއި ޚިލާފް ވެފައިވާ ކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވައިފި

ސަރުކާރުން ކަންކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާންވެފައިވާއިރު، އެގޮތަށް ޢަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް އިރު، އެކަން އެގޮތަށް ނުކުރާނަމަ ސަރުކާރުން އެވަނީ ގާނޫނު އަސާސީއާއި ޚިލާފްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 41 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހުޅުމާލޭ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު، ގަވާއިދު ކޮމިޓީން އިސްލާހުކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް ފޮނުވާފައިވާ އިރުވެސް އެ ގަވާއިދު އަދިވެސް ގެޒެޓު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައި ނުވާ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާ ނިންމި ގޮތުގެ ރިޕޯޓް އިއްވަވާފައެވެ. އެ ރިޕޯޓް އިއްވެވީ ގަވާއިދު ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. 

އެ ރިޕޯޓް އިއްވަވަމުން އާމިރު ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީންގެ އެ އަމަލަކީ ގާނޫނީ ހަމަތަކުންވެސް ކުރެވިދާނެ ކަމެއް ނޫންކަމަށް ކޮމިޓީން ނިންމާފައިވާ ކަމަަށެވެ. އަދި ޕްލޭނިންގ މިނިސްޓްރީން އެކަން ކުރީ ގާނޫނު އަސާސީ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާއި ޚިލާފަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިންތިޔާޒް ތަކާއި ބާރުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށެވެ. 

މެންބަރު އާމިރު ރިޕޯޓް އިއްވަވައި ނިމުމުން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާންވެފައިވާއިރު، އެގޮތަށް ޢަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް އިރު، އެކަން އެގޮތަށް ނުކުރާނަމަ ސަރުކާރުން އެވަނީ ގާނޫނު އަސާސީއާއި ޚިލާފްވެފައި ކަމަށެވެ.

"އަނެއްކާވެސް އަޅުގަނޑަށް ވަރަށް އުނދަގޫ މައްސަލައެއް މި ދިމާވީ. ގާނޫނުގައި ވަރަށް ސާފުކޮށް ޢަމަލުކުރަންވީގޮތް އެބައޮތް. ސަރުކާރުން އެގޮތަށް އަމަލުކުރުން ނޫން ގޮތެއް ހަގީގަތުގައި ގާނޫނު ދައްކާފަކާއެއް ނެތް. ދެން އެގޮތަށް އަމަލުނުކުރާ ކަމީ ގާނޫނާއި ޚިލާފް ވުން. އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުންވެސް. ނުވަތަ ވަޒީރާއި ގުޅޭގޮތުން ބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމަވަން ވެސް." 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީީޕީގެ މެޖޯރިޓީ އޮތް ތަނެއް ކަމަށެވެ. އަދި ޕްލޭނިންގ މިނިސްޓަރަކީވެސް އެމްޑީޕީގެ ވަޒީރެއް ކަމަށެވެ. އެހެންކަމުން، ވާހަކަދައްކަވައިގެން ދެފަރާތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިޔުމުގެ ފުރުސަތު މަޖިލީހުގައި ވަރަށް ފަހިކޮށް ހުޅުވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެންވާއިރުވެސް، ވަރިހަމަ ކުރައްވައި، އަޅާނުލައްވައި ބާއްވަވާފައި، ތިމަންނާއަށް ފެންނަގޮތް އެއީ ގޮތް ކަމަށް ނިންމަވައި އެގޮތަށް އަމަލުކުރައްވަމުން ގެންދެވުމަކީ ރާއްޖޭގެ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ މިއީ އެމަނިކުފާނުގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި، މިނިސްޓްރީން ގާނޫނާއި ޚިލާފްވެފައިވާ މިންވަރު ބަލައި އެކަންކަން އިތުރަށް ކުރިއަށް ގެންދެވުމަށް ވިސްނެވުމަށް މެންބަރުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.