ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި--ފޮޓޯ/މަޖިލިސް
ހަބަރު
23 Nov 2022 | 09:53
"80 ހާހަށްވުރެ ގިނަ ރުފިޔާ ގެއަށް ގެންދާއިރު ވަގުތަށް މަޖިލީހަށް ނާންނަކަމީ ބޮޑު ހިތާމައެއް"

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް 80,000 އަށްވުރެ ބޮޑު މުސާރައެއް ގެއަށް ގެންދަން ލިބޭއިރު، ވަގުތަށް މަޖިލީހަށް ހާޒިރު ނުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން މެންބަރުންގެ ހާޒިރީ ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާ ކަމަށެވެ. އެހެން ނަމަވެސް, މަޖިލީހަށް ހާޒިރުވާން ޖެހޭ ވަގުތު ފަހަނަ އަޅައި ގޮސް، ރަންގަބީލު ޖެހުމަށްފަހުގައި ހާޒިރުވެ ތިބި މެންބަރުންގެ އަދަދު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"އެނގިވަޑައިގަންނަވާނެ މިއީ 87 މެންބަރުންގެ މަޖިލީހެއް. އަދި ކޮންމެ އިއްޒަތްތެރި މެންބަރަކަށްވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާނެ. ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ. މެންބަރެއްގެ މުސާރައިގެ ގޮތުގައި 80 ހާހަށްވުރެ ގިނަ ރުފިޔާ، އެބަ ގެއަށް ގެންދަވާ."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ، މެންބަރުން މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވަނީ ރައްޔިތުންގެ ވާކީލުންގެ ގޮތުގައި ކަމަށެވެ. އަދި އެ ރައްޔިތުން މެންބަރުން އިންތިޚާބުކުރީ ރައްޔިތުން މަޖިލީހުގައި ތަމްސީލް ކުރުމަށް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ކަން އެހެން އޮތް އިރު މެންބަރުން މަޖިލީހަށް "ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ. 

އެހެންކަމުން، މިއަދު ރިޔާސަތުން އަންގަވާ އެންގެވުމަކަށް ވެސް އެމަނިކުފާނު އެންގެވީ މަޖިލީހުގެ ޖަލްސާ ތަކަށް ވަގުތަށް ގަވާއިދުން މެންބަރުން ހާޒިރުވެ، މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަގުތަށް ކަމޭ ނުހިތާ ކާމާއި، މެންބަރުންގެ ހާޒިރީ ދަށް ކަން ފާހަގަކުރައްވައި މީގެ ކުރިންވެސް އެކި ފަހަރުމަތިން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކޮމެންޓް
ާާޢަލިފުޅުބެ
ހާޒިރު ނުވާ މެމްބަރުންނަށް ފިޔަވަޅު އެޅޭގޮތަށް މަޖިލީހުގެ ޤަވާޢިދު ބަދަމުކުރަންފެނޭ.
23 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.