ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ--ފޮޓޯ/މަޖިލިސް
ހަބަރު
23 Nov 2022 | 10:45
އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އެހެން ކިޔާނީ އަޅުގަނޑު: އީވާ

2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ސަރުކަާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވިދާޅުވާއިރު، އެފައިން އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އުއްމީދޭ ކިޔާނީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 42 ވަނަ ޖަލްސާގައި 2023 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރުމަށްފަހު ބެޖެޓް ކޮމިޓީން ފޮނުވާފައިވާ ރިޕޯޓާއި ގުޅޭގޮތުން ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ބަޖެޓު އެއްކޮށް ބަލައިނުލާ ވެސް ސަރުކާރަށް ތާއީދު ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަނީ އެއީ އުއްމީދީ ބަޖެޓެއް ކަމަށެވެ.  

"ރަނގަޅަށް ގަނޑުތައް އުކާނުލައި ވިދާޅުވެއްޖެ މިއީ އުއްމީދީ ބަޖެޓެކޭ. 42 ބިލިއަންގެ ބޮޑު ބަޖެޓެކޭ ބުނީމަ ވިދާޅުވެއްޖެ މިއީ އުއްމީދީ ބަޖެޓެކޭ. އުފެއްދުން ތެރިކަމުގެ ނިސްބަތުން ދަރަނި މިހާރު 110 ޕަސެންޓަށް އަރައިފޔޭ ބުނީމާ ބުނީ މިއީ އުއްމީދީ ބަޖެޓެކޭ، ޑެފިސިޓް 11 ބިކިއަނަށް އަރައިފިޔޭ ބުނީމާ ބުނީ، އިއްޒަތްތެރި ރައީސް، މިއީ އުއްމީދީ ބަޖެޓެކޭ."

"އިއްޒަތްތެރި ރައީސް އުއްމީދޭ ކީކީނުންގޮސް ދަރަނި އަރަންޏަށް ހެދެންޏާ އަޅުގަނޑަކަށްވުރެ ވަކި ގިނައިން އުއްމީދޭ ކިޔާނޭ މީހަކު ނުވާނެ. އުއްމީދޭ ކީކީނުންގޮސް ގަލޮޅު އުތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެންޏާ އިއްޒަތްތެރި ރައީސް، ހަމަ އަސްލަށްވެސް އަޅުގަނޑަކަށްވުރެ ވަކި ބާރަށް އުއްމީދޭ ކިޔާނެ މީހަކު ނުވާނެ." އީވާ ވިދާޅުވިއެވެ. 

އެހެންނަމަވެސް ބަޖެޓަކާއި ގުޅޭ ގޮތުން އުއްމީދޭ ކިޔާނަމަ އެފަދައިން ކިޔަންވާނީ ކޮންމެވެެސް ވަރަކަށް އަސްލާއި ހަގީގަތާއި މެދު ވެސް ވިސްނާލާފައި ކަން ފާހަގަކުރައްވައި އީވާ ވަނީ އޭނާ އަށް ފެންނަން ހުރި އަސްލުތައް ކިޔައިދެއްވާފައެވެ. 

އެގޮތުން އެމްއެމްއޭއިން ނަގާފައިވާ ދަރަނި ސަރުކާރަށް ދައްކާފައި ނުވާއިރު، އެ ދެއްކުމުގެ ޕްލޭން އެއްވެސް ބަޖެޓުން ނުފެންނައިރު، ޚަރަދުތައް ބޮޑުވާއިރު ޚަރަދު ކުރަނީވެސް އިގްތިސާދު ޖެނެރޭޓް ކުރެވޭނެ ފަދަ ކަންކަމަކަށް ނޫން ކަމަށާ އަދި ސަރުކާރުގެ ޚަރަދު ބޮޑުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ވެސް މިހާރު "ރަންބިސް އަޅާ ކުކުޅަށް" ހަދާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. 

މިއާއެކު އީވާ ވިދާޅުވީ، އެމްޑީޕީ އާއި ގުޅިގެން ރައްޔިތުން ކުރި ހަމަ އެކަނި އުއްމީދަކީ ބަނދަރު ކަމުގައި ވާނަމަ އުއްމީދޭ ކިއިދާނެ ކަމަށެވެ. އަދި ބަނދަރާއި، ފެނާއި ނަރުދަމާ އަކީ އަސާސީ ޚިދުމަތްތައް ކަމަށާ، ކޮންމެ ބަނދަރަކާއި އެކު އެމްޑީޕީގެ ސިފައިގެ އެމްޑީޕީގެ އަސްލު ވައުދެއްވެސް ފުއްދަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ކޮންމެ ބަނދަރަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ވައްކަން ހޯދާތަން ފެންނަންޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން މި ސަރުކަާރުގެ ވެންޓިލޭޓަރު ވައްކަން ހޯދަން އުޅޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން ގަލޮޅު އުތުރު މާލެއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން ގެއްލިފައިވާ ރިލުވާނާއި މަރާލާފައިވާ ޔާމީން އިންސާފު ހޯދާތަން ފެންނަންޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން އެމްޑީޕީން މަސްވެރިންނަށް ވީ ވައުދުތައް ފުއްދާތަން ފެންނަންޖެހޭނެ." އީވާ ވިދާޅުވިއެވެ. 

އީވާ ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ކުރި އުއްމީދު އެއީ ބަނދަރެއް ކަމުގައި ހަދާފައި ނިންމާ ނުލެވޭނެ ކަމަށާ، ދިވެހިރައްޔިތުންގެ އުއްމީދު ނިންމާލެވޭ ހިސާބަކީ ބަނދަކަށް ނުހެދޭނެކަމަށެވެ. 

މިއާއެކު އީވާ ވިދާޅުވީ މ، މިފަދަ ވާހަކަތައް ދައްކަވައި، ސަރުކާރުގެ ކަންކަމަށް ފާޑު ވިދާޅުވާ ކޮންމެ މީހަކާއި ދިމާއަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަނީ "ތި ހަސަދަވެރިވަނީއޭ" ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.