ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: މަޖިލީސް
ހަބަރު
28 Nov 2022 | 12:44
ރައީސް ނަޝީދު އަދަދެއް ވިދާޅުވާނީ ފުރިހަމަ މައުލޫމާތު ހޯއްދަވައިގެން: ޝިޔާމް

ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދަދެއް ވިދާޅުވެއްޖެ ނަމަ އެ ވިދާޅުވާނީ އެއަދަދާއި ގުޅުން ހުރި މުއައްސަސާތަކުން ފުރިހަމަ މައުލޫމާތު ހޯއްދަވައިގެންކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެމަނިކުފާނަށް ތައުރީފް ކުރައްވައިފިއެވެ.

މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ފާޅުގައި ރައީސް ނަޝީދު ފާޑުވިދާޅުވަމުންދާއިރު، އެންމެ ބޮޑަށް ދައްކަވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ހީނަރުވެފައިވާ ވާހަކަ އާއި ބަޖެޓުގެ ބޮޑު ކަމާއި ޓެކްސް ބޮޑު ކުރަން ނިންމެވި ނިންމެވުން ރަނގަޅު ނޫން ވާހަކައެވެ. އެމަނިކުފާނުގެ އެވާހަކަތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ މެންބަރުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވަނީ އެވާހަކާއި އެއްބައިވެ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ނަޝީދު މަޖިލީހުގެ ޖަލްސާ އާއި އަދި މަޖިލިސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕްގައި ވަކި އަދަދެއް ވިދާޅުވުމަށްފަހު ވާހަކަފުޅު ދައްކަވަނީ މުއައްސަސާތަކުން އެމައުލޫމާތު ހޯއްދަވައިގެން ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ މިތަނުގައި ދައްކާ ވާހަކަތަކަކީ ސީރިއަސްކަން އޭގައި ހުރި ވާހަކަތަކެއްކަން ސަރުކާރުން ވެސް ގަބޫލުކުރަން ޖެހޭ. ރައްޔިތުން މަޖިލީހުގެ ރިޔާސަތުން (ރައީސް ނަޝީދު) ވަކިން ހާއްސަކޮށް އަދަދެއްގެ ވާހަކަ ވިދާޅުވާނީ އަޅުގަނޑަށް ހަމަ ޔަގީން އެއަދަދާއި ގުޅުން ހުރި މުއައްސަސާތަކުން ފުރިހަމަ މައުލޫމާތު ހޯއްދަވައިގެންކަން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެކްސް ނަގައިގެން ދައުލަތައް ލިބޭ ފައިސާ އިން ކުރަނީ ކީއްތޯ ރައްޔިތުން ސުވާލު އުފައްދަމުން ގެންދާ ކަމަށްވެސް ޝިޔާމް ވިދާޅުވެފައެވެ. 

މި ފަހަކަށް އައިސް މީސްމީޑިއާގަޔާއި މަޖިލީހުގެ ޖަލްސާ ތަކުގައިވެސް ރައީސް ނަޝީދު އަންނަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ކަނބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ރިޒާވްގައި ހުރި ފައިސާގެ އަދަދު ކުޑަވެ އެވާހަކަ އެމަނިކުފާނު ދައްކަވާފައިވާއިރު، ފިނޭންސް މިނިސްޓަރާއި ސަރުކަާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ރައީސް ނަޝީދު ރައްޔިތުންނަށް އޮޅުވާލައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަކީ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވެސް އެ މެންބަރުން އަންނަނީ ސިފަކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.