މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ އާސްކް ސްޕީކާ ޕްރޮގްރާމް ގެ ތެރެއިން-- ފޮޓޯ/މަޖިލިސް
ހަބަރު
01 Dec 2022 | 15:28
އެމްޑީޕީ ޕްރައިމަރީ އާއި ގުޅިގެން ރައީސް ނަޝީދުގެ ދެ ނުކުތާއެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީީޕީގެ ފަރާތުން ކުރިމަތިލާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އާއި ގުޅިގެން މުހިންމު ދެ ނުކުތާއެއް އެމްޑީީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާހަގަކުރައްވައިފިއެވެ. 

މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ 'އާސްކު ސްޕީކާ"ގެ ހަވަނަ ޕްރޮގްރާމް ގައި ރައީސް ނަޝީދު އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވަންތޯ އާއި އަދި އެމަނިކުފާނުގެ ކެންޕެއިން ތިނަދޫގައި ލޯންޗު ކުރައްވަން ނިންމެވީ ކީއްވެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަ ދެކެވޭއިރު ދެ ނުކުތާއެއް ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. 

އެގޮތުން، ޕްރައިމަރީ ގެ ވާހަކަ ދައްކަވާއިރު, 2018 ވަނަ އަހަރުގެ އިންތިހާބަށް އެމްޑީޕީން ވާދަކުރެއްވި އިރު އެކުލަވައިލި މެނިފެސްޓޯ ގައިވަނީ ކީކޭކަން ސާފުކޮށްލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މީގައި ހުރި ވަރަށް ގިނަ ކަންތައްތައް ވަމުންވެސް އެބަދޭ. އެހެންނަމަވެސް، އެމްޑީޕީން، އެމްޑީޕީ މެންބަރުން ގާތުގައި 2018 ވަނަ އަހަރަށް ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލު ކޮށްދޭނެކަމަށް ވީ ވައުދު. އެ މި މެނިފެސްޓޯގެ 98 ވަނަ ސަފުހާގައި އެބައޮތް. ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހުގައި އެކުލަވައިލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވައިލެވޭނީ މަޖިލީހުގެ ތެރެއިންނޭ. މިހެން މި ބަދަލު ގެނެވުމުން ސަރުކާރު މަތިބަރުކަން މާ ބޮޑަށް ކުޑަކުރެވިގެންދާނެ. ދައުލަތުގެ ޚަރަދު އިންތިހާއަށް ކުޑަ ވެގެން ދާނެ އެވެ. ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

މިއާއެކު އެމަނިކުފާނު ވިދާޅުވީ، އިސްލާހުކުރެވުނު ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހުގައި އައު ގާނޫނު އަސާސީ ބަޔާންކުރާ ރައީސުލްޖުމްހުރިއްޔާއަށް ގުޅިފައިވާ ޕާޓީތަކުގެ ރައީސް ބަދަލު ވާނެ ކަމަށްވެސް މެނިފެސްޓޯގައި ބުނެފައިވާކަމަށެވެ. އަދިއޭގެ އިތުރުން، ސަރުކާރު ހިންގާނީ އެންމެ ގިނަ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ލިބޭ ޕާޓީ ނުވަތަ ޕާޓީތަކަކުން ކަމަށާއި، ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑިތަކުން ޕާޓީތަކަށް އިތުރު ނެޝަނަލިސްޓުން ކަނޑައެޅޭނެ ކަމަށްވެސް މެނިފެސްޓޯގައި ވާކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެހެންކަމުން، އެމްޑީީޕީގެ މެނިފެސްޓޯ ގައި ވަރަށް ސާފުކޮށް އެޕާޓީގެ މެންބަރުން ކައިރީގައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ބުނެފައިވާ ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވެރިކަން ލިބިވަޑައިގެންނެވީވެސް އެ މެނިފެސްޓޯ އާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، އެމްޑީޕީގެ އިތުރުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ސަރުކާރައި ގުޅިފައިވާ ޕާޓީތަކުންވެސް އެއްބަސްވެފައިވަނީ، މި ހިނގަމުންދާ ރިޔާސީ ދައުރުގެ ފަހު އަހަރުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑު ދެކޭގޮތުގައި، އެމްޑީީޕީ ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ، މި ފެންނަ ނުފެންނަ ވޯޓު ނުނަގައެއް. ރައްޔިތުންނަށް ވެފައިއޮތް އެންމެ ބޮޑު ވައުދު." ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު ރާއްޖެ މިއޮތީ މާލީ ކަންކަން ވަރަށް ދަތި ހާލަތެއްގައި ކަމަށެވެ. އެގޮތުން، ރިޒާވް އިންތިހާއަށް ދަށްވެފައިވާއިރު، ތެލާއި، ބޭސްފަރުވާއާއި، ކާބޯތަކެތީގެ އިތުރުން ދަރަނި ދައްކަންވެސް އިންތިހާއަށް ދަތިވެފައިވާ ކަމަށް ވިދަޅުވިއެވެ. 

"އެހެންކަމުން، އަޅުގަނޑު ރިޔާސީ އިންތިހަބާކަށް ދުއްވައިގަތުމުގެ ކުރީގައި، އަޅުގަނޑުގެ ނަޒަރުގައި، މި ދެންނެވި ދެ ނުކުތާ އަށް ވަރަށް ބޮޑަށް އަޅުގަނޑުމެން އެންމެން އެބަ ވިސްނަންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.