އޯރިއޯ ޗޮކްލެޓް ކްރީމް-- ފޮޓޯ/ގޫގުލް
ލައިފްސްޓައިލް
02 Dec 2022 | 10:15
މިއަދު މިއީ އޯރިއޯ އާއި ފޮނި އެއްޗެހި ކާހިތްވާ ކުދިންނަށް ޚާއްސަ ރެސިޕީ އެއް

ހުކުރު ދުވަހަކީ ހުރިހާ އެންމެނަށްވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެހެންކަމުން މިއަދު މޮ ގެނެސްދެނީ މި ޚާއްސަ ދުވަހު، މެންދުރު ކެއުމަށްފަހު އަނގަ ފޮނިކޮށްލަން ކާލާނެ ވަރަށް ވެސް މީރު ޑެޒާޓެކެވެ. 

ބޭނުންވާ ތަކެތި 

1 ޕެކެޓް ވިޕިން ކްރީމް

1 ދަޅު ގެރި ކިރު

5 މޭޒުމަތީ ސަމުސާ މައިލޯ ނުވަތަ 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

ބޮޑު 4 ބޮނޑި ވެނީލާ އޯރިއޯ (އެތެރޭގައި ހުންނަ ކްރީމް ނަގާފައި)

1 ސައިސަމުސާ ވެނީލާ އެސެންސް 

ތައްޔާރުކުރާނެ ގޮތް 

1) އިލެކްޓްރިކް ހޭންޑް މިކްސަރަކުން ވިޕިން ކްރީމް ރަނގަޅަށް ވިޕް ކޮށްލާށެވެ. 

2) އެއަށްފަހު ގެރި ކިރު އަޅައިގެންވެސް ވިޕް ކޮށްލުމަށްފަހު މައިލޯ އާއި ވެނީލާ އެސެންސް އަޅާލުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ. 

3) ދެން ޓްރޭ އެއްގައި، ފުރަތަމަ އޯރިއޯ ލެޔާރ އެއް، އެއަށްފަހު ވިޕިން ލެޔާރ އެއް ގޮތަށް ވީޕިން ކްރީމް ހުސްވަންދެން އަތުރަމުންދާށެވެ. އެންމެ މައްޗަށް ބައިންދާނީ ވިޕިން ކްރީމް ލެޔާރ އެކެވެ. 

4) ބާކީ ހުރި އޯރިއޯ ކޮޅު ފުނޑު ކޮށްލާފައި މައްޗަށް އަޅާލުމަށްފަހު ފިނިކޮށްލައިގެން ކާލަންވީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
އަހަރުގެ މިހާތަނަށް ރައީސް އޮފީހުން ކުރި ހަރަދުތައް ދަށަށް
ރައީސް އޮފީހުގެ އިތުރުން ހާރިޖިއްޔާގެ ހޭދަތައްވެސް ވަނީ މިއަހަރު ދަށަށް ގޮސްފައި
30 Aug 2026
ދައުލަތުގެ އާމްދަނީ 27.61 ބިލިއަނަށް އަރައިފި
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އާއި ވިޔަފާރީގެ ޓެކުހުން ލިބުނު ފައިސާ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން 20 އޮގަސްޓްގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބި ކުރީ އަހަރާ އަޅައިބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
30 Aug 2026
އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ފީފާ ޕެޓްރޯލް ރަޝިޔާއަށް ބޭރުކޮށްފިއެވެ.
30 Aug 2026
ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގ ދާއިރާއަށް އިސްކަންދޭނަން
އިންޖިނޭރުންގެ ދުވަހާ ގުޅިގެން އެމްއެންޔޫ ދަރިވަރުންނާ ބައްދަލުކުރައްވައި، އިންޖިނޭރިންގ ދާއިރާ ދިވެހިންނަށް ޚާއްޞަކޮށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
30 Aug 2026
ޑޮލަރު މާރުކުރަން ކެރިވަޑައިގެންނެވީ ރައީސް މުޢިއްޒަށް: ނައިބުރައީސް
ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުގެ އާމްދަނީގެ ބައެއް ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރެއްވުމުގެ ހިތްވަރު ހުރި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިންޖިނިއަރިންގެ ދާއިރާތަކުން ދިރާސާކުރެވޭ ޒަމާނީ ލެބޯޓަރީއެއް ރާއްޖޭގައި
‏އިންޖިނިއަރިންގގެ އެކިއެކި ދާއިރާތަކުން ރިސަރޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް، ޢިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.