ފިނޭންސް މިނިސްޓަރު އަމީރު އަދި ރައީސް ސޯލިހު ވިޔަވަތި ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Dec 2022 | 12:29
ސޮވްރިން ފަންޑުގައި 2 ބިލިއަން ރުފިޔާ ހުރިކަން ކަށަވަރެއް ނޫން: އޮޑިޓް

2021 ވަނަ އަހަރުގެ ނިޔަލަށް ސޮވްރިން ފަންޑުގައި 2 ބިލިއަން ރުފިޔާ ހުރިކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ އަދަދަށް އެ ފަންޑުގައި ފައިސާ ހުރިކަން ކަށަވަރު ނުވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ. 

އޮޑިޓު އޮފީހުން ޝާއިއުކޮށްފައިވާ 2021 ވަނަ އަހަރުގެ ސަރުކާރުގެ މާލީ ހިސާބުތަކުގެ އޮޑިޓު ރިޕޯޓުގައި ވާ ގޮތުން 31 ޑިސެންބަރު 2021 ވަނަ ދުވަހުގެ ނިޔަލަށް ސޮވްރިން ފަންޑުގައި ދެ ބިލިއަން ތިރީސް ހަތް މިލިއަން ހަތަރުލައްކަ އަށްޑިހަ ފަސްހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ ހުރިކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައެވެ. 

އެހެން ނަމަވެސް އެއީ އެ ފަންޑުގައި ހުރި ފައިސާއިން އިންވެސްޓުކުރި ފައިސާއާއި، އެ އިންވެސްޓުމެންޓުން ލިބޭނެކަމަށް ބަލާ ފައިސާގެ އިތުރުން އެ އިންވެސްޓުމެންޓުގެ ފައިދާގެ ގޮތުގައި ލިބޭނެކަމަށް ބެލެވޭ ފައިސާ ހިމަނައިގެން ޖަހާފައިވާ ޖުމްލަ އަދަދެއްކަން އޮޓިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. 

އެހެންކަމުން ދައުލަތުގެ ސްޓޭޓުމެންޓު އޮފް އެސެޓްސްގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 2 ބިލިއަން ރުފިޔާ ހުރިކަމަށް ބުނެފައިވީ ނަމަވެސް އެ އަދަދަކީ ޞައްޙަ އަދަދެއްކަން ޔަގީންނުކުރެވޭކަމަށްވެސް އޮޑިޓު އޮފީހުން ވަނީ ހާމަކޮށްފައެވެ. 

އޭގެ އިތުރުން ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުގައި އެސްޑީއެފް ޤާއިމުކުރުމާ ގުޅޭ ގޮތުން އެކުލަވައިލި ކެބިނިޓު ކަރުދާހުގައި އަދި ޔޫތު އެންޑް އެކޮނިމިކް ކައުންސިލުން ނިންމާފައިވާ ނިންމުމުގައި ބަޔާންކުރި ގޮތަށް އެސްޑީއެފް ހިންގުމާ ބެހޭ އުސޫލުތަކާއި ހަމަތައް އަދިވެސް އެކުލަވައިލާފައިނުވާކަން އޮޑިޓް އޮފީހުގެ އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. 

ސޮވްރިން ޑިވެލޮޕްމަންޓު ފަންޑަކީ ރާއްޖޭގައި ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގުމަށް ބޭރުން ނަގާ ދަރަނި އަނބުރާ އަދާކުރުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފައްދަވާފައިވާ ފަންޑެކެވެ. 

އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާއެކު، މި ސަރުކާރުން ވަނީ ސޮވްރިން ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް މާރުކޮށްފައެވެ. އެފަހުން، އަނބުރާ އެ ފަންޑަށް ޑޮލަރު ޖަމާކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ދިވެހިން މީ ވާނުވާ
އެމްޑީޕީ އިން ކިހާ ލަޑެއް ދިނީމަތަ ދިވެހިންނަށް ވާނުވާ އެނގޭނީ، އެމްޑީޕީ ރަނގަޅީ އިސްލާހައް މަސައްކަތް ކުރަން، ވެރިކަމާ، ޒިންމާތައް ދޭން ހެޔޮވާވަރުގެ ބައެއް ނޫން!!
03 Dec 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.