މެޗަށްފަހު ފޮޓޯ ނެގިއިރު މޮރޮކޯ ކުޅުންތެރިން ފަލަސްތީނުގެ ދިދަ ހިފައިގެން
ކުޅިވަރު
07 Dec 2022 | 12:45
މޮރޮކޯގެ ކާމިޔާބީ ފަލަސްތީނުގެ ދިދައާއި އެކު

ފީފާ ވޯލްޑް ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން ގަދަފަދަ ސްޕެއިން ބަލިކޮށް މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ހޯދައިފައެވެ.

ރޭ ކުޅެވުނު މެޗު ނިމުނު އިރުވެސް އެއްވެސް ޓީމަކަށް ގޯލު ޖެހިފައި ނުވާއިރު އިތުރު ވަގުތު ކުޅެގެންވެސް އެކަން ވާގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، ދެން މެޗުން މޮޅުވާ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީ ޖަހައިގެން މޮރޮކޯއިން ސްޕެއިން ގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. އެއާއެކު މޮރޮކޯ ވެގެން ގޮސްފައިވަނީ ވޯލްޑްކަޕް ގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަަމަ މުސްލިމު ގައުމަށެވެ. 

ރޭގެ މެޗުން މޮރޮކޯ މި ހޯދި ތާރީޚީ ކާމިޔާބީ އަށްފަހު އެ ގައުމުގެ ޓީމުންވަނީ ވަރަށް ވެސް ތަފާތު އިތުރު ކަމެއްވެސް ދައްކުވާލާފައެވެ. އެގޮތުން މެޗުން ހޯދި ކާމިޔާބީއަށްފަހު އެ ޓީމުން ފޮޓޯ އަށް ހުއްޓުނު ކުޅުންތެރިން ތިބީ ފަލަސްޠީނުގެ ދިދަވެސް ހިފައިގެންނެވެ. 

މިއީ ގިނަ ބަޔަކު ހައިރާންވެސް ކޮށްލި ކަމަކަށްވެގެން ދިޔައިރު، އެފަދައިން ކަން ކުރެވޭނީ ވަރަށްވެސް ހިތްވަރު ހުރެގެން ކަމަށް މީހުން ބުނެފައި ވެއެވެ. އެހެނީ، "ސިޔާސީ" ކަންކަން ފުޓުބޯޅައިގެ ތެރެއިން ޕްރޮމޯޓް ކުރުމަށް ދިދަ އާއި، ބެނާއާއި އެނޫންވެސް ތަކެތި ދަމައި ދައްކައި ހެދުމަކީ ފީފާގެ ގަވައިދުތަކާއި ޚިލާފްކަމެކެވެ. އަދި އެ ގޮތަށް ފަލަސްތީނުގެ ދިދަ ދެއްކުމުގެ ސަބަބުން މީގެ ކުރިން ބައެއް ޓީމުތައް ޖޫރިމަނާވެސް ކޮށްފައިވެއެވެ. 

މީގެ ކުރިން ކެނެޑާއާއި ބައްދަލު ކުރި މެޗަށްފަހުވެސް މޮރޮކޯގެ ކުޅުންތެރިން ފަލަސްތީނުގެ ދިދަ ވިހުރުވާފައިވެއެވެ. އެއާއި ގުޅިގެން މިހާތަނަށް އެޓީމާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 

މިފަހަރު ވޯލްޑްކަޕު ވެގެން ގޮސްފައި މިވަނީ ވަރަށް ގިނަ ގޮތްގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ޚާއްސަ ވޯލްޑްކަޕަކަށެވެ. އެގޮތުން، ވޯލްޑްކަޕު ގެ ސްޓޭޑިއަމް ތެރެއިންނާއި، މުޅި ގަތަރު ތެރެއިންވެސް ފަލަސްޠީނުގެ ހައްގުގައި ގިނަ ބަޔަކު އަޑު އުފުލައި، އެގައުމުގެ ރައްޔިތުންގެ އަޑު ދުނިޔެއަށް އިއްވަމުން ދާކަން ފާހަގަ ކުރެވެއެވެ. 

ކޮމެންޓް
فلسطين
الحمد لله
07 Dec 2022
ގުޅޭ ލިޔުންތައް
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.