ފިއްލަދޫ ހެލްތް ސެންޓަރަށް ހެލްތް ކިޓު ހަވާލުކުރުން/ ފޮޓޯ: އުރީދޫ
ވިޔަފާރި
07 Dec 2022 | 15:57
އުރީދޫ އިން މިހާތަނަށް 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި

ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.

ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ މާމިގިލީ ސިއްހީ މަރުކަޒު ހިމެނޭ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ ހެލްތް ކިޓްތައް ބެހުމަށް ހަމަޖެހިފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑި ("ގްލޯބަލް ގޯލްސް") ކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށާ، ޞިއްޙީ މަރުކަޒުތަކަށް ހަދިޔާ ކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ ގޮތަައް ތައްޔާރު ކުރެވިފައިވާ ކިޓްތަކެއް ކަމަށެވެ. 

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ދެނެގަނެ، މި ކިޓްތައް ހަދިޔާކޮށް، ޞިއްޙީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހއ އަދި ހދ އަތޮޅުގެ ހުރިހާ ޞިއްޙީ މަރުކަޒުތައް ހިމެނޭގޮތަށް 28 ޞިއްޙީ މަރުކަޒަކަށް މިހާރު އަޅުގަނޑުމެން ވަނީ ހެލްތް ކިޓް ފޯރުކޮށްދީފައި. އަދި ކުރިއަށް އިތް ތަނުގައި ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން. "އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ޕެންޑެމިކްއަށް ފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައިވާތީ، އުރީދޫ މޯލްޑިވްސްއިން ވަނީ 2022 ވަނަ އަހަރުގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި ހެލްތް އެންޑް ވެލްނެސް އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މުހިންމުކަމެއް ދެއްވައިފައެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށްވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލަރ ރަން "އަޕްގްރޭޑް ޔޯ ވޯލްޑް" ކެމްޕެއިންގެ ދަށުން މިއަހަރު ވަނީ އުރީދޫ ފަން ރަންއަށް ބަދަލުކޮށް، ކޮންމެ 1 ކިލޯމީޓަރުގެ ސްޓޭޝަނުން ކުލަ ޖެހުމުގެ އިތުރުން މަޖާ އޮބްސްޓެކަލްތަކާއި ފެނާއި ފޯމް ހިމެނޭ އެންމެ އުފާވެރި 5ކޭ ރަންގެ ގޮތުގައި އަޕްގްރޭޑްކޮށްފައެވެ. މި އަޕްގްރޭޑަކީ ދުވުން އިތުރަށް މަޖާކޮށް، ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. 

2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިވެއެވެ. މީގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފައެވެ. ހަމަަ އެއާާ އެކު، ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.

މުޖުތަމައު ތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ ކާރިސާގެ ވަގުތުތަކުގައި، ޑިޖިޓަލް ޒަރިއްޔާާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކާ ގުޅުވާލަދޭ، މުހިންމު މައުލޫމާތުތައް ލިބިގަތުން ފަހި ކޮށްދީ، ގޮންޖެހުންތަކުން އަރައި ގަތުމަށް މަގު ފަހިކޮށްދޭ ގާތް ބައިވެރިއެކެވެ. 

އުރީދޫގެ ތަސައްވުރާާއި އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ގެ ޕްލެޓްފޯމް ތަކާއި ވަސީލަތްތަކުގެ އެހީގައި، އީޖާދީ ޙައްލު ތަކާއެކު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަންވެސް އުރީދޫއިން ވަނީ އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.